ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ރައްޔިތުން ދޭ ވޯޓަކީ ގެއްލިގެން ދާނެ ބޭކާރު ވޯޓަކަށް ނުވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަޑިފުއްޓަށް ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވަނީ ތ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް އަންނަ މަހުގެ 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
"ތިބޭފުޅުންގެ ވޯޓަކީ ގެއްލިގެން ދާނެ ވޯޓެއް ނޫން. ނަތީޖާއަކަށް ވެގެން ދާނީ މިރަށްރަށް އިތުރަށް ތަރައްގީވެ ރައްޔިތުންނަށް ބޭނުންވާ އުފާވެރި އަމާން ރާއްޖެ ހޯދައި ދެވޭނީ އަޅުގަނޑުމެންނަށް މި ގުޅިފައިވާ ކޯލިޝަނާއެކީގައި ކުރިޔަށް ދިއުމުން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އަދި ގުޅިފައިވާ ކޯލިޝަނަށް ރައްޔިތުން ވޯޓު ދެއްވީ އޭރު އޮތް އަނިޔާވެރި ސަރުކާރު ބަދަލުކޮށް ގައުމަށް ހަމަޖެހުން ގެނައުމަށް ދިން ވޯޓެއްކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރާއި އަޅާ ބަލާއިރު ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި ސުލްހަ މަސަލަސްކަން ގާއިމްކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި ވެރިކަމެއް ކުރުމުގައި ސަރުކާރަށް ފާޑު ކިޔުމަކީ ސަރުކާރުން ކުރާ ކަންތައްތަކަށް ހިޔާލުފާޅު ކުރުމަކީ އެއީ މައްސަލައެއް ކަމަކަށް ނުވެ މިއަދު ސަރުކާރު ހިންގޭ،" ރައީސް ވިދާޅުވިއެވެ.
ކުރިޔަށް އޮތްތަނުގައި ވެސް ސަރުކާރު ކުރިޔަށް ގެންދަނީ އެމަގުން ކަމަށާއި މިއަދު ދިވެހިން ދެކެމުން އަންނަ ތަރައްގީ ފެންނަމުން ދަނީ ސިޔާސީ ހަލަބޮލި ކަމަށް ޖާގަ ނުދީ ކުރިޔަށް ދިއުމުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ