ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެ ދައުރު ނިންމަވާލައްވާނީ އަރަނި ބަޖެޓަކާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ތ. ގާދިއްފުށީގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިގްތިސޯދު ޑަބަލް ކުރުމަށް އުމްރާނީ ވަސީލަތްތައް ގާއިމްކުރަން ކުރަން ޖެހޭ ކަމަށެވެ.
"އެއާޕޯޓްތައް އެޅުން، ބަނދަރުތައް އެޅުން، އާރްޓީއެލްގެ ނިޒާމުން ރާއްޖެ ގުޅާލުން، މިއިން ކޮންމެ ކަމަކީ މިއާ ގުޅިގެން އިތުރު ވަޒީފާއާއި އިތުރު އާމްދަނީ ރައްޔިތުންނަށް ލިބޭނެ ކަންކަން" އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެއާއި އެކު ދައުލަތަށް ލިބޭނެ ފައިސާވެސް އިތުރުވެގެންދާނެ ކަމަށާއި ސަރުކާރުން ވައުދުތައް ވަނީ އެކަމުގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުވަމުންދާކަމަށާއި އަދި މިހާރަށްވުރެވެސް ބޮޑަށް އިތުރުކުރެވޭނެކަމަށެވެދ.
"ދެހާސް އަށާރަ އިން 2028 އާ ހިސާބަށް އިގްތިސާދޯ ދެގުނަކުރެވި އިގްތިސޯދުގެ ސައިޒަކީ 170 ބިލިއަނަށްވުރެ މައްޗަށް ގެންދެވޭނެ" ރައީސް ވިދާޅުވިއެވެ.
އިގްތިސާދު ފުޅާކުރެވެން ފެށުމުން ދައުލަތަށް ވަންނަ ފައިސާވެސް އިތުރުވަމުން ދާނެ ކަމަށާއި 2028 ވަނަ އަހަރު އަންނައިރުގައި ދައުލަތުގެ އާމްދަނީ 45 ބިލިއަން ރުފިޔާ ހުރަސްކޮށް 50 ބިލިއަނާ ދިމާލަށް އަމާޒުހިފާނެ ކަމަށް ވިދާޅުވިއެވެ.
ނަތީޖާއަކަށް ވެގެންދާނީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ފައިސާ ހުރުން ކަމަށްވެސް ވިދާޅުވިއެވެ.
"2028 ވަނަ އަހަރު އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ބެލެންސް ނުވަތަ އަރަނި ބަޖެޓަކަށްވެގެންދާނެ" ރައީސް ވިދާޅުވީ އެއީ ސަރުކާރުގެ އަމާޒަކަށްވާއިރު އެކަން ކުރެވޭނީ ސަރުކާރަށް ދެވަނަ ދައުރެއް ލިބިގެން ކަމަށެވެ.
		
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ