މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އިވެންޓުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުތައް ވެސް މެޗުތަކުން މޮޅުވެ ކުރިއަށް އޮތް ބުރުތަކަށް ދަތުރުކޮށްފިއެވެ.
ރާއްޖޭގެ އަންހެން ޓީމުން އިއްޔެ ކުޅުނު ދެ މެޗުންވެސް ވަނީ މޮޅުވެފައެވެ. އެ ޓީމު އިއްޔެ ކުޅުނު މެޗުތަކުގައި ބައްދަލު ކުރީ ސީޝެލްސް އަދި މަޔޯޓްއާއެވެ. މި ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީއެވެ.
އަންހެން ޓީމު އިއްޔެ ކުޅުނު ފުރަތަމަ މެޗުން ވަނީ ސީޝެލްސް އަތުން 14-07 އިން މޮޅުވެފައެވެ. ދެ ވަނަ މެޗުގައި އަންހެން ޓީމު ނުކުތީ މަޔޯޓްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވީ 13-10 އިންނެވެ. މި ނަތީޖާތަކާާއެކު ރާއްޖޭގެ އަންހެން ޓީމު މިހާރު އޮތީ ތުރީ އޮން ތުރީ ބާސްކެޓުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީގެ މެޗުތައް މިއަދު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު (ހުވޭ) އަދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ. މި ޓީމުން އިއްޔެ ކުޅުނު މެޗުތަކަށްފަހު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
އެގޮތުން ފިރިހެން ޓީމުން ފުރަަތަމަ މެޗުގައި ސީޝެލްސްއާ ވާދަކޮށް މޮޅުވެފައިވަނީ 15-12 އިންނެވެ. ރާއްޖޭގެ ޓީމު ކުޅުނު ދެ ވަނަ މެޗުން ވަނީ މަޔޯޓް އަތުން 16-21 އިން ބަލިވެފަ އެެވެ. މަޔޯޓް އިން މެޗުގެ ކުރީކޮޅުގައި ނެގި ލީޑާ އެކު، މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅުގައި ވަނީ ބާއްވައިފަ އެެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި