އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަކީ ކުރީގެ ރައީސް ޔާމީނަށް ތަރައްގީގެ މަޝްރޫއުތަކުގައި ލަފާ އަރުވަން ހުންނެވި ބޭފުޅާ ކަމަށް ވިދާޅުވެ، މުއިއްޒު ކަން ކުރައްވާފައި ހުންނެވި ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފާޑު ވިދާޅުވެއްޖެއެވެ.
ތ. ހިރިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު ވަޑައިގަތުމުގެ އެއް ދުވަސް ކުރިން އޭރުގެ ރައީސް ޔާމީން ހިރިލަންދޫ އަށް ވަޑައިގެންނެވި ކަމަށެވެ.
ރައީސް ޔާމީން ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި އެދިވަޑައިގަތީ ހިރިލަންދޫ ފުއްޓަރު ފަރާތު ބިން ހިއްކައި ދިނުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެންނަމަވެސް އެރަށުގެ ފުއްޓަރު ފަރާތުން އަރާ ރާޅުގެ ބޮޑު ކަމުން އެކަން ނުކުރެވޭނެ ކަމަށް ހިރިލަންދޫ ރައްޔިތުން ގާތުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް ރައީސް ސޯލިހް މިއަދު ވިދާޅުވިއެވެ.
"އެދުވަހު އެމަނިކުފާނަށް ލަފާ އަރުވަން ހުންނެވީ ކޮން ބޭފުޅެއްތޯ. ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު. އެ ލަފައާ އެއްގޮތަށް ރައީސް ޔާމީން އެ ވާހަކަފުޅު [ހިރިލަންދޫ ބިން ހިއްކުން] އެ ވިދާޅުވީ. މިއަދު ވެރިކަމަށް ނިކުމެވަޑައިގެން އެ ހުންނެވީ އެ ބޭފުޅާ. އެބޭފުޅާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ދެން ކަންވެގެން ހިނގައި ދާނެ ގޮތް ތިބޭފުޅުން ވިސްނާ ވަޑައިގަންނަވާ،"
"މިއިން ރަށެއްގައި ހިއްކާނެ ބިމެއް ނޯންނާނެ. ނުހިއްކޭނޭ ވިދާޅުވާނެ. ބަނދަރެއް ނުހެދޭނޭ ވިދާޅުވާނެ. ފެނާއި ނަރުދަމާއެއް ނޭޅޭނޭ ވިދާޅުވާނެ މިތަން ހަރުކަމުން ނުކޮނެވޭނޭ. ބަނދަރުގައި އޮތީ ގަލޭ އެތަނެއް ނުނެގޭނެ ފުނެއް ނުކުރެވޭނޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ އެއީ އޭރުވެސް އެމްޑީޕީގެ ވާދަވެރިންގެ ސިޔާސަތާއި ވިސްނުން ހުރި ގޮތް ކަމަށެވެ. އެހެންކަމުން އިންތިހާބުގައި ގޮތެއް ނިންމަވާއިރު އެކަންކަމާއި މެދު ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ