އެމްޑީޕީން ވަކިވެވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވައިފިއެވެ.
މިއަދު ވިލުފުށީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުފައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ "ގާތް އަޙް" ވިލިފުށި ދާއިރާގެ މެމްބަރު އަފީފް އެމްޑީޕީއާ ދުރުގައި ހުންނެވުމަކީ ހިތާމައެއް ކަމަށެވެ.
އެހެންކަމުން ރައީސް، އަފީފު އަރިހުން އެދިވަޑައިގެންނެވީ ވިސްނުން އިސްކުރެއްވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށެވެ. ވިދާޅުވީ އަފީފަށް އެމްޑީޕީގައި އަދިވެސް ޖާގަ އޮންނާނެ ކަމަށެވެ.
"އަބަދުވެސް އެ ބޭފުޅުންނަށް އެމްޑީޕީގައި ޖާގަ އޮންނާނެ. ކުރީ ގޮނޑިބަރީގައި ޖާގަ އޮންނާނެ. އެއީ ހިދުމަތްކުރެއްވި ބޭފުޅުން، އަދި ޕާޓީގެ އެތެރޭގައި ޖެހޭ ކުޑަކުޑަ ހިޔާލު ތަފާތުވުމެއްގެ ތެރޭގައި ދޫކޮށްލައިގެންދާ ވަރުގެ ބޭފުޅުނުނެއް ނޫން" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އަފީފަށް ދައުވަތު ދެއްވާފައިވާއިރު އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ކުޅުދުއްފުށީ ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ