ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ސޮއި ކުރައްވައިފިއެވެ.
މިނިސްޓަރު މައުސޫމް އެމްޑީޕީ އަށް ސޮއި ކުރެއްވީ މިރޭއެވެ. އެމަނިކުފާނު ސޮއި ކުރެއްވި ފޯމާއި ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
މައުސޫމް ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ނަމަވެސް އެޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކޮށް އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމުން މައުސޫމްގެ ތާއީދު އޮތީ ރައީސަށްކަން ހާމަ ކުރެއްވިއެވެ. އަދި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތެވެ.
މިފަހަކަށް އައިސް އެމްޑީޕީއާ ގިނަ އަދަދެއްގެ ފަރާތްތަކުން އަންނަނީ ގުޅެމުންނެވެ. އެގޮތުން އެޕާޓީން ވަކިވެ އެހެން ޕާޓީތަކާއި ގުޅުނު ބައެއް ބޭފުޅުންވެސް އަލުން އެމްޑީޕީއާ އަންނަނީ ގުޅެމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ