އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކު ސިޓީ އަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ މުއިއްޒަށް މަރުހަބާ ކިޔައިފިއެވެ.
ޑރ. މުއިއްޒު ފުވައްމުލަކަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ އާއްމުން ވަނީ ފުވައްމުލަކު ސިޓީގެ އެއާޕޯޓު ސަރަހައްދަށް ވަނީ ޖަމާވެފައެވެ. ފުވައްމުލަކުން އިދިކޮޅު ލީޑަރު ރައީސް ޔާމީނާއި ޕީއެންސީެ ރިޔާސީ ކެންޑިޑޭޓު މުއިއްޒަށް އޮތް ތާއީދު ވަނީ ދައްކާލައިފައެވެ.
ފުވައްމުލަކުން މުއިއްޒު އަށް ތާއީދު ކުރުމުގެ ގޮތުން މުއިއްޒުގެ ކެންޑިޑޭޓު ނަންބަރު ޖަހާފައިވާ އެއްޗެހިތަކެއް ގެންގުޅުނެވެ. ޑރ. މުއިއްޒާއެކު ފުވައްމުލަކަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ލީޑަރުން ވަޑައިގެންނެވިއެވެ.
މުއިއްޒުގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ އަށް ނިސްބަތްވެވަޑައިގަންނަވާ އަދި 18ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް މަސީހު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސިޔާސީ ހަރަކާތްތަކުގައި ގިނަ އަހަރުތަކެއް ވަންދެން ދުރުގައި ހުންނެވުމަށްފަހު މަސީހް އެނބުރި ރާއްޖެ ވަޑައިގަތީ މުއިއްޒުގެ ކެމްޕެއިނަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް