ބޯހިޔާވަހިކަން ހައްލު ކުރުމަށް ސަރުކާރުން ދޫކުރާ ފްލެޓުތައް ވަކި މިންގަނޑެއްގައި ކުއްޔަށް ދެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ދޫކުރާ ފްލެޓުތައް ލިބޭ ބައެއް ފަރާތްތަކުން އެތަންތަނުން އާމްދަނީ ހޯދުމަށް އެ ފްލެޓުތައް ކުއްޔަށް ދޫކުރާ ކަމަށެވެ.
"ސަރުކާރުން ސަބްސިޑައިޒްކޮށްގެން ސަރުކާރުން ކުޑަ އަގުގަ ދޫކުރާ ފްލެޓުތައް އެ ދިން ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅޭ ކަމަށް ވަންޏާ، ކޮންމެސް މިންގަނޑެއްގެ ތެރޭގައި އެ ކުއްޔަށް ދެވޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރުން،" އެމްޑީޕީ އަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ އެގޮތަށް ސިޔާސަތު ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެ، ފައްޔާޒު ވިދާޅުވިއެވެ.
ކުއްޔަށް ފްލެޓުތައް ދެވޭނެ ގޮތަށް ސިޔާސަތު ބަދަލު ކުރުމުގެ ބޭނުމަކީ ބަޔަކު މުއްސަނދި ކުރުން ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް ބަޔަކު ހިތަށް އަރާހާ އަގެއްގައި އެތަންތަން ކުއްޔަށް ދިނުމުގެ ބަދަލުގައި ކޮންޓްރޯލް ނިޒާމެއްގެ ތެރެއިން އެތަންތަން ކުއްޔަށް ދެވޭނެ ގޮތަށް ސިޔާސަތު ބަދަލު ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އެހެންނަމަވެސް ބޯހިޔާވަހިކަމެއް ނެތިގެން އެތަނަށް ވަންނަ މީހާއަށް ދައްކަންޖެހޭ އެއްޗަކީ ކޮންމެވެސް ކޮންޓްރޯލް ނިޒާމެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ފައްޔާޒު ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ދިރިއުޅުމަށް ހިފާތަނަކީ ފުލެޓެއް ނުވަތަ ގެއެއް ނުވަތަ ގަނޑުވަރެއް ނަމަވެސް ސިޔާސަތު ހިންގަންވާނީ އެއްހަމަޔަކުން. ނޫނީ ތިޔަކަމަކީ ފޫނެތްފަޔަށް ފެންފުރުން ކަމަށްވާނީ
ހާއުފާ