ގިނަ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަމަށް ވިދާޅުވެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެމްޑީޕީއަށް އަލުން ގުޅިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވިކަން ޝިޔާން ހާމަކުރެއްވީ ޝޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމްޑީޕީއަށް އަލުން ސޮއިކުރެއްވި ސަބަބެއް ކަމަށް ޝިޔާން ވިދާޅުވީ ތޮއްޑޫ ދާއިރާއަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް އަކުރުން އަކުރަށް ފުއްދައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިވަޑައިގެންފައިވާތީ ކަމަށެވެ.
ޝިޔާން، ޑިމޮކްރެޓްސް ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު ކުޅުދުއްފުށީ ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އެއާއެކު މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެމްބަރުންގެ އަދަދު މިހާރު ވަނީ 10 އަކަށް މަދުވެފައެވެ.
ޑިމޮކްރެޓުންގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅެމުން އަންނައިރު، އެ ފަރާތްތަކަށް މަރުހަބާ ކިޔުއްވާނެ ކަމަށް ރައީސް ސޯލިހުގެ ކެމްޕޭނުގެ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ. ހުދު ރައީސް ސޯލިހުވެސް ވަނީ ޕާޓީ ދޫކޮށްވަޑައިގެންނެވި ބޭފުޅުން އެމަނިކުފާނުގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވަން ދައުވަތު ދެއްވަމުންނެވެ. އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން، އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ