ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒާ އަނާރާ ނައީމު، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.
ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބުގައި އެކުވެރި މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ.
ޝަހީމަކީ ކުރީގެ ރައީސް ޔާމީން 2018ވަނަ އަހަރުގެ އިންތިހާބަށް ނިކުންނެވިއިރު އެމަނިކުފާނުގެ ރަނިންމޭޓެވެ.
އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ހަރުދަނާ ހާރިޖީ ސިޔާސަތަކާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެއިތުރުން އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވާފައިވާ ކަމަށެވެ. އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު އަނާރާ ވަނީ މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވައިފައެވެ.
އަށާރަވަނަ މަޖިލީހަށް ފަހު ސިޔާސީ ކަންކަމުން އަނާރާ ފެންނަނީ ވަރަށް މަދުންނެވެ.
ޑރ. ޝަހީމް އަދި އަނާރާ އަކީ ވެސް މީގެކުރިން އަދާލަތު ޕާޓީގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. އަދި ޑރ. މުއިއްޒުގެ ސިޔާސީ ހަޔާތްވެސް ފުރަތަމަ ފެށި ޕާޓީއަކީ އަދާލަތު ޕާޓީއެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި