މަތީ ތައުލީމަށް ކިޔެވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންޑިއަން ކައުންސިލް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) 6 ސްކޮލަޝިޕް އިއްޔެ ދީފި އެވެ.

އިއްޔެ ހަޔާ އެޑިއުކޭޝަންގައި ސްކޮލަޝިޕްދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސްކޮލަޝިޕް ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރ މުނު މަހާވަރާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ.

އައިސީސީއާރުގެ ދަށުން ސްކޮލަޝިޕް ލިބުނު ދަރިވަރުން

  • ޝައުކަތު: އެމް.އެސް ސައިބަރ ސެކިއުރިޓީ އެޓް އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގޯއާ، ޕީޖީ
  • މުހައްމަދު އީމާން: އެން.އެފް .އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީއެޗްޑީ، ޕީޖީ
  • ރާމިހް: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީޖީ
  • ސާމް ސައީދު: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީޖީ
  • ހުޒާމަތު އަހުމަދު: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީޖީ
  • ފާތިމަތު ޔަމާނީ ހަބީބް: އެން.އެފް.އެސް.ޔޫ ޔުނިވަރސިޓީ، ގުޖުރާތު، ޕީއެޗްޑީ

މިރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް މަރުހަބާ ދަންނަވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އިތުރު ތައުލީމު ހޯދުމަށް އިންޑިއާ އަކީ ރަނގަޅު ގައުމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށާއި ޚާއްސަކޮށް ސައިންސާއި އިންޖިނިއަރިންގ އަދި އާޓްސްގެދާއިރާއިން އިންޑިއާއަކީ އެހެން ގައުމުތަކަށް ނަމޫނާ ގައުމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ކިޔަވާ ނިންމުމަށްފަހު އެނބުރި ގައުމަށް އައިސް ކިޔެވި އެއްޗެއްގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް މިނިސްޓަރ އެދިވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް ރާއްޖެއަށް ޚާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމަށާއި ސްކޮލަޝިޕްތަކުގެ އިތުރުން ކިޔެވުމުގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ދެމުން ގެންދާކަމަށެވެ. އަދި ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް މަރުހަބާ ދެންނެވި އެވެ.