އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް ހަދަން ވެރިކަންކުރާ އެމްޑީޕީ މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެމްޑީޕީގެ އިގްތިސާދީ މެނިފެސްޓޯ މިރޭ ލޯންޗުކޮށްފައިވާއިރު "ބާރުވެރި އިގްތިސާދުގެ" ބައިގައި ހިމެނޭ ކަންތައްތައް ހުށަހަޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިޔާދެވެ.
އިޔާދު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރަހައްދީ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާކަމަށާއި، އެ މަސައްކަތުގެ ތެރޭގައި އާރްޓީއެލްގެ ހިދުމަތް ކާގޯ އަދި ލޮޖިސްޓިކްއަށް ފުޅާކުރުން ހިމެނޭ ކަމަށެވެ.
މި ސަރުކާރުން އަލުން ފެށި ގައުމީ ޝިޕިން ކުންފުނީގެ މަސައްކަތަށް އިޝާރާތް ކުރައްވާ އިޔާދު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ގައުމީ ޝިޕިންގެ އޮޕަރޭޝަންތައް ފުޅާކޮށް ސަރަހައްދީ ފެންވަރުގައި އަނެއްކާވެސް ފާހަގަކުރެވޭ ޝިޕިންއަކަށް ރާއްޖޭގެ ޝިޕިންލައިން ހެދުން ކަމަށެވެ. އެކަން ކުރުމަށްޓަކައި އިހަވަންދިއްޕޮޅު، އެ ދާއިރާއިން ތަރައްގީ ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ދާއިރާގައި އަޅުގަނޑުމެން ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ އިހަވަންދިއްޕޮޅުގައި ވަރުގަދަ ޕޯޓް ސިޓީއެއް ތަރައްގީކުރުމުގެ މަސައްކަތް. މި މަޝްރޫއުގެ ތެރެއިން ޓްރާންސްޝިޕްމެންޓުގެ ބަނދަރަކާއި ލޮޖިސްޓިކްސް ޕާކްތަކާއި، މެރިޓައިމް ހިދުމަތްތަކާއި، ފަތުރުވެރިކަމާއި، ރިއަލް ސްޓޭޓާ ގުޅޭ އިންވެސްޓްމެންޓްތަކާއި އަދި އެހެނިހެން ދާއިރާތަކުގެ އިންވެސްޓުމެންޓްތައްވެސް އިހަވަންދިއްޕޮޅުގައި ގާއިމްކުރާނަން" އިޔާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށާއި އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ދިނުމަށް އެގްރީމެންޓެއްގައި އެސްޓީއޯއިން ގަތަރުގެ އެންމެ ބޮޑު އެއް ކުންފުންޏާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
އިޔާދު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ ބިޒީ ޝިޕިން ރޯޑްތަކާއި އެންމެ މުހިއްމު ވައިގެ މަގުން ދަތުރުފަތުރު ކުރެވޭ ރޫޓްތަކުގެ މެދުގައި ރާއްޖެ އޮންނައިރު އެމްޑީޕީއާ އަދި އެ ޕާޓީއާ ގުޅިފައިވާ ޕާޓީގެ ސިޔާސަތަކީ ޓްރާންޝިޕްމެންޓު އަދި ލޮޖިސްޓިކް ހަބައްގެ ގޮތުގައި ރާއްޖެ ތަރައްގީކުރުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ