އިގްތިސޯދީ ބޮޑު ބަދަލަކާއެކު ރާއްޖެ އަށް ޑިޖިޓަލް އިންގިލާބެއް ގެނައުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެމްޑީޕީގެ އިގްތިސޯދީ މެނިފެސްޓޯ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ލޯންޗުކޮށްފައެވެ.
ގިނަ ދާއިރާތަކެއް ހިމެނޭ އެ މެނިފެސްޓޯގައި ބުނެފައި ވަނީ މިހާރު އެޅިފައިވާ ސަބްމެރީން ކޭބަލް ސިސްޓަމްގެ އެހީގައި އިންޓަރނޭޝަނަލް ޑޭޓާ ސެންޓަރުތައް ގާއިމުކުރެވޭނެ ކަމަށެވެ.
އަދި ކޭބަލުން ބޭރު ގައުމުތަކަށް ކެޕޭސިޓީ ވިއްކައިގެން ބޭރުފައިސާ ހޯދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ އިގްތިސޯދީ މެނިފެސްޓޯގައި ބުނެފައި ވަނީ އަތޮޅު ތެރޭގައި އެންމެ ޒަމާނީ އައި.ސީ.ޓީ އިންފްރާސްޓަރްކްޗަރ ގާއިމުކޮށް މުޅި ރާއްޖޭގައި ހަމަހަމަކަމާއި އެކީ މަދުވެގެން 10G ފައިބަރ ސްޕީޑް ހެޔޮއަގުގައި އިންޓަރނެޓް ފޯރުކޮށްދޭނެ ކަމަށެވެ.
ޔޫތު ޓެކް ހަބްތައް ގާއިމުކޮށް ޓެކްނޮލޮޖީގެ ތެރެއިން ކޯޑިންގް، ތްރީ-ޑީ މޮޑެލިންގް، ޕްރޮގްރާމިންގް އަދި އާޓިފިޝަލް އިންޓަލިޖަންސް ފަދަ ޒަމާނީ ޓެކްނޮލޮޖީއިން ޒުވާނުން ކުރިއަށްދާނެ މަގު ފަހިކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ އިގްތިސޯދީ މެނިފެސްޓޯގައި ހިމެނޭ ޑިޖިޓަލް އިންގިލާބުގައި ހިމެނޭ އިތުރު ބައެއް ކަންކަން:
- 
ނަގުދު ފައިސާ ނުލާ، ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކުރެވޭނެ ކޭޝްލެސް މުޖުތަމައެއް ގާއިމުކުރާނެ.
 - 
ދުނިޔޭގައި ތަރައްގީވަމުން އަންނަ ކްރިޕްޓޯކަރެންސީފަދަ އައު ފައިނޭންސިންގ މެކޭނިޒަމްތައް ދިރާސާކޮށް ލޯކަލް އަދި ކްރޮސް-ބޯޑަރ ޕޭމަންޓް ސޮލިއުޝަންސް ހިމެނޭ ގޮތަށް ރާއްޖޭގައި ފައިނޭންޝަލް ޓެކްނޮލޮޖީ (ފިންޓެކް) އަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަށް އިންވެސްޓްކުރާނެ.
 
		
										
										
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ