މާލޭގެ ސެލޫނެއްގައި އަންހެނަކަށް ވެގެން ފިރިހެނަކު ހިދުމަތް ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިކަން ދިމާވި ފަރާތުން ވަނީ ސޯޝަލް މީޑިއާގައި އެވާހަކަ ހިއްސާ ކޮށްފައެވެ. އަދި ހިދުމަތް ދިނީ ފިރިހެނެއްކަން އެނގުމުން ސެލޫނާ އެކަން ހިއްސާ ކޮށްފައިވާ ކަމަށާއި އެކަމުގައި އެދެވޭ ކުރިއެރުމެއް ނުލިބޭ ކަމަށް އެފަރާތުން ބުންޏެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ ސެލޫނަކުން ހިދުމަތް ދިން ގޮތާއި މެދު ހިތްހަމަ ނުޖެހިގެން މިމަހުގެ 14ވަނަ ދުވަހު ފުލުހުންނަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ސާބަހޭ
އަހުމަދު