ރާއްޖޭގައި ބޭރު ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޮގުކުރައްވައިފިއެވެ.
ރައީސް އެ ވާހަކަ ދޮގުކުރެއްވީ ރ. އިނގުރައީދޫ ގައި ވާހަކަ ދައްކަވަމުން.
ރައީސް ސޯލިހު ވިދަޅުވީ ވާދަވެރި ކެންޑިޑޭޓުން ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން ރާއްޖޭގައި ބޭރު ގިނަ އަދަދެއްގެ ސިފައިން ތިބޭކަމަށް ބުނަމުންދާ ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލުމަށް އެފަދަ ވާހަކަ ދެއްކުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ބައެއް ކެންޑިޑޭޓުން ރަށްރަށަށް ދަތުރުކުރައްވާއިރު އެބަ ވިދާޅުވޭ ތިމަންނަ އަރާއިރުގަ ބޭރު ގައުމެއްގެ ސިފައިން އަރާ ފުރިފައޭ އެރަށުގައި އޮންނަނީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެބަ ފެނޭތޯ...ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބޭ ބަޔަކު އެކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާވަރު ކަމެއްނޫން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ގުޅުންތަކާ ވަކިވެގަތުމަކީ ގައުމިއްޔަތުގައި ގޮތުގައި ބައެއް ސިޔާސީ ވެރިން މީގެ ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް އެފަރާތްތަކުން ގެންގުޅެނީ އެކަހެރިވުމުގެ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.
އެމެރިކާއިން ރާއްޖޭގައި އެމްބަސީއެއް ގާއިމްކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، ރައީސް ވިދާޅުވީ ބޭރުގެ ގައުމުތަކުގެ އިތުބާރު ރާއްޖެއަށް ލިބިއްޖެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ