ށ. އަތޮޅުގެ ދެ ރަށެއްގައި އެއާޕޯޓެއް އެޅުމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ މުއިއްޒު ވަނީ ށ. މިލަންދޫ އަދި ދިގުވެލިދޫގައި އެއާޕޯޓެއް އަޅައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަނުގެ ކެމްޕެއިނުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި ދިގުވެލިދޫގައި އެއާޕޯޓެއް އަޅައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމަންޑޫ އަށް ވަޑައިގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު ވިދާޅުވީ ޖިއޯގްރަފިކަލީ ގޮތުން ށ. އަތޮޅުގެ ރަށްތައް ބެހިފައިވާ ގޮތަށް ބެލިކަމުގައި ވިޔަސް އެ ސަރަހައްދަށް އެއާޕޯޓެއް މުހިންމު ކަމަށެވެ. ދިގުވެލިދޫގައި އަޅާ އެއާޕޯޓާއެކު އެ ސަރަހައްދަށް ފަތުރުވެރިކަން ވެސް ކުރިޔަށް ގެންގޮސް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިލަންދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް 30 މިނެޓު ދެވޭނެ ގޮތެއް އޮތުމަކީ ރައީސް ޔާމީން ތަސައްވަރެއް ކަމަށާއި އަދި އެ މަގަށް އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
"ވަރަށް ގިނަ ރަށްތަކުގައި އެއާޕޯޓްތައް ހައްދަވާ ވަނީ، މިރަށާއި އެންމެ ކައިރިން ފުނަދޫގައި އެއާޕޯޓް މި އޮންނަނީ، 30 މިނެޓް މި ވަނީ ގާތްގަނޑަކަށް ދާން،" މުއިއްޒު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އެ ސަރަހައްދުގެ އެހެން ރަށްތަކުން ފުނަދޫ އަށް ދިއުމަށް ކުރަންޖެހޭ ދަތުރަކީ ދިގު ދަތުރެއް ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އެ ތަކުލީފަށް ނިމުމެއް ގެނައުމަށް އެމަނިކުފާނުގެ ވެރިކަމެއްގައި، މިލަންދޫގައި އެއާޕޯޓެއް އަޅައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޭކާރު މިލަންދޫގައި އަޅާނެ ކަމެއް ނެތް މިލަންދޫ ކަމަކު ނުދޭ
ގުޑްލަކް އަންމަޑޭ