އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ޒުވާން ކުޅުންތެރިޔާ މޭސަން ގްރީންވުޑާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލައި، އެކުލަބުން އޭނާ ދޫކޮށްލި ނަމަވެސް ޔޫރޮޕުގެ ބޮޑެތި ކުލަބުތަކުން އޭނާ ގެންދިއުމާ ދެކޮޅު ހަދައިފިއެވެ.
ކުރީގެ ލޯބިވެރިޔާއަށް ގެވެށި އަނިޔާ ދިނުމާއި، ރޭޕް ކުރި ކަމުގެ ތުހުއްމަތުގައި ގްރީންވުޑް ހައްޔަރުކޮށް ދައުވާ ވެސް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު އޭނާއާ ދެކޮޅަށް ކުރި ހުރިހާ ދައުވާއެއް ވަނީ އަނބުރާ ކޯޓުން ގެންގޮސްފައެވެ. އެއީ އޭނަގެ ކުރީގެ ލޯބިވެރިޔާ އެގޮތަށް ބޭނުންވެގެން ކަމަށް ކޯޓުން ވަނީ އޭރު ބުނެފައެވެ.
މި މައްސަލައިގައި ޔުނައިޓެޑުން މުއްދަތެއް ނެތް ގޮތަށް ގްރީންވުޑް ސަސްޕެންޑްކޮށްފައި ހުރި އިރު، އޭނާގެ މައްޗަށް ކުރެވުނު ދައުވާއާ ގުޅިގެން އެ ކުލަބުން ވަނީ އަމިއްލަ އިންވެސްޓިގޭޝަނެއް ކޮށްފައެވެ. އަދި ދައުވާ އަނބުރާ ގެންދިޔަ ނަމަވެސް ކުލަބުން ބަލަން ޖެހޭ ގިނަ ކަންތައްތަކެއް ބަލައި އޭނާ ކުލަބުގައި ބެހެއްޓުމާ މެދު ގޮތް ނިންމާނެ ކަމަށް މި މަހުގެ ކުރީކޮޅު އެކުލަބުން ބުނެފައިވަނިކޮށް މި ހަފުތާތެރޭ ވަނީ ޔުނައިޓެޑުން ގްރީންވުޑާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލައިފައެވެ.
އެއާއެކު މިވަގުތު ކުލަބެއް ނުލިބިފައިހުރި ގްރީންވުޑް ހޯދަން ބައެއް ކުލަބުތަކުން މަސައްކަތްކުރާ ކަމުގެ ޔޯލަ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. އެގޮތުން އިޓަލީގެ ރޯމާއާއި ޔުވެންޓަސް ހިމެނެއެވެ. ނަމަވެސް އެ ދެކުލަބުން ވެސް ފަހުން ވަނީ އެކަން ދޮގުކޮށްފައެވެ.
އުމުރުން 21 އަހަރުގެ ގްރީންވުޑް ގެންދަން ސައުދީ އަރަބިއްޔާގެ ބައެއް ކުލަބުތަކުން ވެސް މަސައްކަތްކުރާ ކަމުގެ އަޑު ފެތުރުނެވެ. އެގޮތުން ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ސްޓީވެން ޖެރާޑް ކޯޗުކޮށްދެމުން އަންނަ އަލް އިއްތިފާގު ހިމެނެއެވެ. ނަމަވެސް އެކުލަބުން ވެސް ވަނީ ގްރީންވުޑާ ބެހޭ ގޮތުން ފެތުރޭ ވާހަކަތައް ދޮގުކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ