ރާއްޖޭގައި ޑޮލަރު އެކްސްޗޭންޖު ރޭޓް ބޮޑުކުރާ ވާހަކަ ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.
ސަރުކާރުން އެހެން ބުނެފައިމިވަނީ ޑޮލަރު އެކްސްޗޭންޖު އަގު 25 ރުފިޔާއަށް މަތިކޮށް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ލަފާދީފައިވާ ކަމަށް ބުނެ ނޫހަކުން ލިޔެފައިވާ ހަބަރަކާއި ގުޅިގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ބޮޑުކުރުމަށް ބޭރު ގައުމަކުން އެންގިކަމަށް ބުނެ މީޑިއާއަކުން ފަތުރާފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހީލާފު ދޮގު ވާހަކައެއް ކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމެއްގައި ދައްކަމުންދާ ވާހަކަތަކެއް ކަމަށް މިއުވާން ތުހުތު ކުރެއްވިއެވެ.
"މިއީ އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަކަށް ދައްކާ ވާހަކަތަކެއް" މިއުވާން ވިދާޅުވިއެވެ. ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ބަދަލުގެނައުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ވިދާޅުވިއެވެ.
އަދި އެފަދަ ކަމަކާ ގުޅޭ ގޮތުން ބޭރުގެ ގައުމަކާ މަޝްވަރާކުރެވިފައި ވެސް ނުވާނެ ކަމުގެ ޔަގީންކަން މިއުވާން ދެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ