ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުގެ ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރީ ޕެޕަސްޕްރޭ އާއި މުގުރަށް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި، ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހު އެ އަތޮޅު ކަމަދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރަން ވާނީ ރައްޔިތުންނަށް ފައިދާހުރިކަންކަން ކުރުމަށް ކަމަށެވެ. އެއީ އެކަން އޮންނަ ޖެހޭ ގޮތް ކަމަށްވެސް ވިދާޅުވިއެވެ.
"ދައުލަތުގެ މުދާ ކުއްޔަށްދީގެން ލިބޭ ފައިސާ ހަރަދުކުރަން ޖެހޭނީ ރައްޔިތުންނަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެއަށް ފަހު ރައީސް ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެކަން ނުކުރެވުނީ ކީއްވެގެންތޯ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
"އެކަމަކު 2013 އިން 2018 ދެމެދު ވެރިކަން ކުރި ފަރާތްތަކުން އެކަން ނުކުރެވުނީ ކީއްވެގެންތޯ އަޅުގަނޑުމެން ސުވާލު ކޮށްލަން ޖެހޭ،"
މަޖިލީހުގެ މެޖޯރިޓީ އޮވެމެ އެކަން ނުކުރެވުނީ ކީއްވެކަން ސާފުވާ ކަމަށް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވުމެވެ.
"ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީ ތެރެއަށް ބަޖެޓަށް ވައްދަންވީ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރީ، ހަރަދުކުރާނެ ފައިސާއެއް ދައުލަތުގައި ނެތީ،" ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނަތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނަތަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި އާމްދަނީގެ ގޮތުގައި ލިބުނުހާ ފައިސާއެއް ހޭދަކުރީ ޕެޕަސްޕްރޭއާ ރައްޔިތުން ޖަލުގައި ބައިތިއްބަން ކަމަށެވެ.
"ފުލުސް އޮފީހުގެ ބަޖެޓަށް ބައްލަވައިލެއްވީމަ އެނގޭނެ، އޭރު މުގުރަށާއި ޕެޕާ ސްޕޭރޭއަށް ކޮށްފައި ހުރި ހަރަދު. ބަޖެޓުގެ ބޮޑުބައި ހޭދަކުރީ އެކަމަށް،" އެ ސަރުކާރުގައި ރާއްޖޭގެ އަމާންކަން އޮތީ ގެއްލިފައި ކަމަށް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ