އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 44،000 އަށްވުރެ ގިނަ ސަރުކާރު މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހް ވިދާޅުވެއްޖެއެވެ.
ރޭ ބ. ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 40 އިންސައްތައަށް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެ އެކަން އިއުލާން ކުރައްވާފައެވެ.
މިއަދު ބ. މާޅޮހުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މުސާރަތައް ޖެނުއަރީ 1 އިން ފެށިގެން ބޮޑުވާނެ ކަމަށެވެ.
ރޭ ތުޅާދޫގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ސިފައިންނާއި، ފުލުހުންނާއި، ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ކަސްޓަމްސް، އިމިގްރޭޝަން، ކަރެކްޝަންސް ހިމެނޭ އެހެން ހުރިހާ މުވައްޒަފުން މުސާރައަށް ބަދަލުގެންނާނެ ކަމަށް ވިދާޅުވެފައެވެ.
"އަމާޒަކީ ދެން މި ފާސްކުރާ ބަޖެޓާ އެކު އެ ހުރިހާ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައަށް އަންނަ ޖެނުއަރީން ފެށިގެން ބޮޑުވާނެ"
"މި ގެނެވޭ ބަދަލާއެކީ ވަރަށް ބޮޑުތަނެއް ބައެއް ދާއިރާއިން ބޮޑުވެގެން އެބަދޭ. މިސާލަކަށް ފުލުހުންގެ ކޮންސްޓަބަލްއަކަށް މިހާރު ލިބޭ މުސާރަ އަކީ 11،000 ރުފިޔާ އެހެން ނަމަވެސް މި ގެނެވޭ ބަދަލާ އެކީ، އެއީ އެންމެ އާދައިގެ ވަޒީފާ 15،000 މަދުވެގެން ބޮޑުވެގެންދާނެ. އެވްރޭޖްކޮށް ކޮންމެ މީހެއްގެ މުސާރަ 40 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ" ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް