ބ. ތުޅާދޫގެ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެކަން ހާމަކުރެއްވީ ތުޅާދޫ ގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
ތުޅާދޫ ހިމެނޭހެން ތ.ވިލުފުށި އަދި ށ.ބިލެތްފަހީ ގައި އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންއާ، ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ޖުލައި މަސް ތެރޭގައި 42،450،783.48 ޑޮލަރަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 280 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.
ތުޅާދޫގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށަށް މިހާރު މީހުން ގޮސްފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާ ނިމުމުގެ ކުރިން އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާތަން، 40 ހެކްޓަރު ހިއްކަން ފަށާތަން ތިބޭފުޅުންނަށް ފެނިގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުން ގުޅާލުމަށް، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ