މި ފަސް އަހަރު ނިމޭއިރު އަސާސީ ހިދުމަތްތައް ނުލިބޭ ރައްޔިތަކު ނުހުންނާނެ ކަމަށާއި، ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ދެން އޮތީ ރަށްރަށުގެ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ބ. އޭދަފުށީ ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި އެއްވެސް ވަރަކަށް އަސާސީ ހިދުމަތްތައް ނުލިބޭ ބައެއް ރަށްތަކަށް އިސްކަމެއް ދެއްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހު ވިދާޅުވި އެ ރަށްތަކުގައި އެ ހިދުމަތްތައް ނުލިބި އޮތީ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އެކަމަކު މި ފަސް އަހަރު ތެރޭގައި ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ދެން ރަށްރަށުގައި ކުރަންޖެހޭ ކަންތައް ނުވަތަ ދާން ޖެހޭ މިސްރަބު ނިންމުމުގެ އިހުތިޔާރު ދޫކޮށްލައްވާނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށެވެ.
"ބައެއް ރަށްރަށުގައި ހުންނާނެ އިގްތިސާދީ ބައެއް މަސައްކަތްކުރަން ބޭނުންވާ ރަށްރަށް. އަނެއް ބައި ރަށްރަށް ހުންނާނެ ތައުލީމީ ބޮޑެތި މަޝްރޫއުތައް ހިންގަން ބޭނުންވާ ރަށްރަށް. ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ރަށްރަށްރަށް ހުންނާނެ. ވިޔާފާރީގެ ދާއިރާއިން ދާން ބޭނުންވާ ރަށްރަށްރަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އޭދަފުށީގެ ތަރައްގީއަށް ސަރުކާރުން ރާވަފައިވާ ބައެއް މަޝްރޫއޫތައް ހާމަކުރައްވާފައެވެ. އެގޮތުން އެ ރަށުގެ މަގުތަކުގައި ތާރުއަޅާއި ޒަމާނީ ފެންވަރަށް ތަރައްގީކުރައްވަން ވައުދުވެވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް ހަވާލުވިއިރު އޭދަފުށީގެ މަގުތައް އޮތް ހަދަން ފަށާފައި ކަމަށެވެ. ކުރިއަށް އޮތް ދައުރުގައި އެ މަގުތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"... އަޅުގަނޑުމެންގެ ވައުދަކީ މި ރަށުގެ ހުރިހާ މަގުތަކެއް އިރާދުކުރެއްވިއްޔާ ޒަމާނީ ފެންވަރަށް ތާރުއަޅައި ހަދައިދޭނަން" ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އޭދަފުށި ހޮސްޕިޓަލަށް އިތުރު ވަސީލަތްތަކާއެކު ބޮޑެތި ބަދަލުތަކެއް ގެނެސްދީ، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޭދަފުށިން ގޯތި ދޫކުރުން ލަސްކޮށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެން އަންނަ ދައުރެއްގައި އެ ރަށުގައި ހައުސިން ބޮޑު ޕްރޮޖެކްޓެއް ހިންގާނެ ކަމަށެވެ. އަދި ބަނދަރާއެކު މޫދަށް އެރޭނެ ސަރަހައްދެއްވެސް ތަރައްގީ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ