ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
ސިރާޖު އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމާ އެކަމުގެ ސިޓީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވަނީ ފޮނުވައިފައެވެ.
ސިރާޖުގެ ޓްވީޓާގައި އާއްމު ކޮށްފައިވާ އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން އެޕާޓީގެ ދަފްތަރުން އޭނާ އުނި ކޮށްދެއްވުމަށް ސިރާޖު ވަނީ އެދިވަޑައިގެންފައެވެ.
ބައެއް މީޑިއާތަކުގައި މެންބަރު ސިރާޖު އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ. އެކަމާއި ގުޅޭ ބަހެއް ހޯދާލުމަށް "ހަތާވީސް" އިން ސިރާޖަށް ގުޅާލި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެއީ ތެދު ހަބަރެއްކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނުވެއެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އޮތްއިރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ސިރާޖު ގުޅިވަޑައިގަތުމަށް ނިންމިކަމުގެ އަޑުތަކެއް ވެސް ފެތުރިގެން ދިޔައެވެ. އެހެންނަމަވެސް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖު ތާއީދު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.
ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު އެމަނިކުފާނު އަންނަނީ ރައީސް ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިން މައްސަލާގައި ފާޑު ވިދާޅުވަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ