ރާއްޖޭގައި މީގެކުރިން 100 ވެރިން ވެރިކަން ކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް އެ ވެރިން ރައްޔިތުން ބޭނުން ކޮށްފައި ވަނީ އެބޭފުޅުންގެ އަމިއްލަ ބޭނުންތައް ފުއްދުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. ފުޅަދޫ އަށް ވަޑައިގެން މިއަދު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނަކީ ރާއްޖޭގައި ވެރިކަން ކުރައްވާ 101ވަނަ ބޭފުޅާ ކަމަށެވެ. ރައީސް ވިދާޅުވީ މީގެކުރިން ވެރިކަން ކުރެއްވި 100 ވެރިންނަށް ރާއްޖޭގައި ހުރި ކުދި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
"ބޭނުން ކުރަނީ [ރައްޔިތުން ބޭނުން ކުރަނީ] ވެރިންގެ އަމިއްލަ މުހުތާދުތައް ފުއްދުމަށް. އެހެންނަމަވެސް އެމްޑީޕީގެ 2018ވަނަ އަހަރުގެ ސިޔާސަތުތައް ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް މިއިން ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނިން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން އެންމެ ބޮޑަށް ފެނިގެން ދާނެ އެއް ރަށަކީ ފުޅަދޫ ކަމަށެވެ. އެގޮތުން ރައީސް ވަނީ ލަފާ ފުރުމާއި ރަށަށް ކާބޯތަކެތި އެތެރެ ކުރުމާއި ތައުލީމު ލިބުމުގައި ފުޅަދޫ އަށް މީގެކުރިން ދިމާވެފައިވާ ދަތިތަކުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ.
"އެހެންނަމަވެސް މިއިން ކޮންމެ ރަށަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އިގްތިސޯދަށް ބޮޑު ހިއްސާއެއް ކުރެވޭ ފަދަ ރަށެއް،" ރައީސް ވިދާޅުވިއެވެ.
"މިތާ އުޅެން ބޭނުން ނުވާނީ ކާކުތޯ. މި އުފާވެރި މާހައުލުގައި. ނަމަވެސް ސަބަބަކީ އުޅެވޭނެ ގޮތެއް ސަރުކާރުތަކުން ދައްކުވައިދީފައި ނެތުން،"
ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ރަށްތަކަށް ގެންނަ ތަރައްގީއާއެކު ފުޅަދޫ ފަދަ ކުދި އެތައް ރަށެއްގެ އިގްތިސޯދު ކުރިޔަށް އޮތް ދެތިން އަހަރު ދެގުނަ ވެގެން ދާނެ ކަމަށެވެ.
މިހާރުގެރައީސް ދިވެހިންބޭނުންކުރަނީ ކޮތަޅުފައިސާޔާ ނަންނަމުގަޓެކުދްތަން ނެގުމަށް ހުރިހާފައިދާއެއް ސޯލިހާ.ސޯލިހުއަރިސްމީހުނާ.އިންޑިޔާއަށް
ވ