އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ބޭރުގެ 165 ފަރާތަކަށް ހުއްދަދީފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގައި ރާއްޖޭގައި ތިއްބަވާ ބައިނަލްއަގްވާމީ 143 އޮބްޒާވަރުންނާއި ބައިނަލްއަގްވާމީ 22 ހިމެނޭހެން މޮނިޓަރުންގެ 165 ފޯމު ބަލައިގެންފައިވާ ކަމަށެވެ.
އޭގެ ތެރެއިން 31 އޮބްޒާވަރުންނަކީ އިލެކްޝަންސް ކޮމިޝަނުގެ ހާއްސަ ދައުވަތު ދެއްވި ފަރާތްތަކެވެ. އެ އޮބްޒާވަރުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަރަކާތްތެރިވާނެއެވެ.
އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އޮބްޒާވަރު ގްރޫޕްގެ ޗީފް އޮބްޒާވަރަކީ ސްރީލަންކާގެ ކުރީގެ ޗީފް އިލެކްޝަން ކޮމިޝަނަރު ވަދުގޭ ވަރުނާސިރީ މަހިންދަދޭޝާ ޕްރިޔާކަމަށެވެ.
އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 17 ޖަމިއްޔާއަކުން 112 އޮބްޒާވަރުން ހަރަކާތްތެރިވާނެއެވެ.
އީސީން ބުނީ އެންމެ ގިނަ އޮބްޒާވަރުން ހަރަކާތްތެރިވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ކޮމަންވެލްތުންގެ ފަރާތުން ކަމަށެވެ. އެއީ އީޔޫގެ 40 އޮބަޒާވަރުންނާއި ކޮމަންވެލްތުގެ 21 އޮބްޒާވަރުންނެވެ.
އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، ދެކުނު ކޮރެއާ، ދެކުނު އެފްރިކާ، ކެމަރޫން، ޖޯޑަން، ޖޯޖިއާ، ހޮންޑިއުރަސް، އެލް ސަލްވަޑޯ، އުޒްބެކިސްތާން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ އަދި ފިލިޕީންސްގެ އޮބަޒާވަރުން ހަރަކާތްތެރިވާނެއެވެ.
ފްރާންސް، ޖަޕާން، އިންޑިއާ އަދި ސްރީލަންކާގެ ފަރާތުން 22 މޮނީޓަރުންނަށް ހަރަކާތްތެރިވާނެއެވެ.
މިއީ އިންތިހާބެއް އޮބްޒާވް ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ އަދަދެއްގެ ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނިޓަރުން ހަރަކާތްތެރިވާނެ އިންތިހާބުކަންވެސް އީސީން ހާމަކުރިއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								