މާލޭ ރަށްވެހިންނަށް ގިރާވަރު ފަޅާއި ގުޅީފަޅާއި ހުޅުމާލެއިން ބިން ދޭން ސަރުކާރުން ނިންމައި ގުރުއަތު ނަގަން ފެށުމުން އެއް ބަޔަކު ސުވާލު އުފެއްދީ މިއީ ވާނެ ކަމެއްތޯ ބުނެ އެވެ. އިދިކޮޅު ފަރާތްތަކުން ޖެއްސުންކުރީ މާސިންގާ ކަނޑެއް ވަށައިގެން އޮތް ފަޅަކުން ރައްޔިތުންނަށް ގޯތި ދިނީ ކަމަށް ބުނެ އެވެ. އެހެންކަމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ޕީޕީއެމްގެ ސަރުކާރުން އުފަންނުވާ ފްލެޓްތަކެއް ލިޔުންތައް ބަހާލި ގޮތަށް މިއީ މި ސަރުކާރުން ރައްޔިތުންނަށް ދައްކާލި ހުވަފެނެއްތޯ ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ.
ގިރާފަރު ފަޅަށް ނޫސްވެރިން އިއްޔެ ދިޔައިރު ފެންނަމުން ދިޔައީ މީގެ 30 ވަރަކަށް އަހަރު ކުރިން ފެށިގެން މާލޭ ރައްޔިތުން ދެކެމުން އަންނަ ހުވަފެނުގައި ކުލަ ޖެހެމުންދާ މަންޒަރެވެ. މާސިންގާ ފަޅެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި އެ ދަނީ ކުރިއަށެވެ.
ބިން ހިއްކުމުގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު ބޮސްކާލިސް ކުންފުންޏާއި ސީއެމްސީ ކުންފުނީގެ ބިޔަ މެޝިނަރީސްތައް ބޭނުންކޮށްގެން ކުރާ މަސައްކަތް ނޫސްވެރިން ގިރާވަރަށް ދިޔައިރު ވެސް ކުރިއަށްދެ އެވެ. ގިރާވަރު ފަޅު ހިއްކައިގެން 5,000 ގޯތި ދޫކުރަން ނިންމާފައިވެއެވެ.
"އަޅުގަނޑު މިހާރު ވެސް މިހިރީ ކޮންމެވެސް ގޯއްޗެއްގެ ތެރޭގައި. އެހެންވީމަ ކަނޑުން ގޯތި ދިނީއޭ ކިޔާފައި އެ ދައްކާ ވާހަކަތަކަށް އަޅުގަނޑު ދަންނަވާނީ މި އޮތީއޭ. މިހާރު ވެސް 400 ގޯތި [ގުޅިފަޅުން[ ނެގޭނެއޭ،" ހިއްކާ ނިމިފައިވާ ސަރަހައްދުގައި ހުންނަވައިގެން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.
"ބާކީ އޮތް ތަން ވެސް މިހާރު އެ ދަނީ ހިއްކަމުން ހިއްކަމުން." އަކްރަމް ވިދާޅުވި އެވެ.
ރާއްޖޭގައި ބިން ހިއްކުމުގެ އެތައް މަޝްރޫއުއެއް ހިންގާފައިވާ ބޮސްކާލިސް ކުންފުނިން ވެސް ދެނީ އެ ޔަގީން ކަމެވެ. އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން, 5,000 ގޯތި ދެވޭ މިންވަރަށް 169 ހެކްޓަރުގެ ބިން ގިރާވަރު ފަޅުން ހިއްކާ ނިންމާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މިއީ ކޮންމެ ދުވަހަކު 24 ގަޑިއިރު ހިންގަމުންދާ އޮޕަރޭޝަނެއް." ބޮސްކާލިސްގެ އޮފިޝަލަކު ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވި ގޮތުގައި އަންނަ ނޮވެމްބަރު މަހު ގޯތި ކެނޑުމަށްފަހު ގޯތީގެ ރަސްމީ ރަޖިސްޓްރީ ހަވާލު ކުރާނެ އެވެ.
"ނޮވެމްބަރު 11 ގެ ކުރިން ގޯތި ކަނޑައި ގޯތީގެ ރަޖިސްޓްރީ ކޮންމެ ބިންވެރިއަކަށް ދޭނެ." އަކްރަމް ވިދާޅުވި އެވެ.
ގުޅީފަޅުން 2,000 ގޯތި ދޫކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ވެސް ބޮސްކާލިސް ކުންފުނިންނެވެ. އަކްރަމް ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އަދި ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމިގެންދާއިރު ސަރުކާރުގެ ވައުދާ އެއްގޮތަށް ގުޅީފަޅެކޭ އެއްގޮތަށް ގިރާވަރު ވެސް ގުޅާލާނެ އެވެ.
މާލެ ސަރަހައްދުން ހިލޭ ސާބަހަށް ސަރުކާރަކުން ބިން ދޭނެ ކަމަށް އެއްވެސް ބަޔަކު ކުރިން ގަބޫލެއް ނުކުރެ އެވެ. ބިން ދިނުމަށްޓަކައި ގުރުއަތު ނަގާ ރަސްމީ ލިޔުން ލިބުނެއް ކަމަކު 30 އަހަރުވީ މި ހުވަފެން ހަގީގަތަކަށް ވާނެކަމާ ޝައްކު ކުރަމުން ދިއުމުގެ ޖާގައެއް މިހާރު ނެތެވެ. އެ ހުވަފެން ހަގީގަތަކަށް ވަމުންދާ މަންޒަރު ގިރާވަރުން އެ ދަނީ ފެންނަމުންނެވެ.
މިހާރުވަގުން ވަގައް އާބަންކޯއިން ހިޔާފުލެޓު ސޯލިހުގެ ވަގުންނައް ހިޔާފުލެްޓު ހުސްވެއްޖެޔޭކިޔާފަ ހިފަހައްޓާފަ މިހާރު ރައްޔިތުންނައް އިގިދާނެތީ އެފު ބީން ލައިވުކުރަނީގިނަމީހުންނައް އޮޅުވާލެވޭނި
އަހަރެން