ކ. ގުރައިދޫގައި އެމްޑީޕީ އަދި ޕީޕީއެމް ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގާ ބައެއް މީހުންނަށް އަނިޔާވެއްޖެއެވެ.
މިއަދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގުރައިދޫ އަށް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
އެމަނިކުފާނު ގުރައިދޫ އަށް ވަޑައިގަންނަވާތީ އެމްޑީޕީ އަށް ސަޕޯޓަރުން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަން ބަނދަރު މައްޗަށް އެއްވެފައެވެ.
މި ހަމަނުޖެހުމުގެ ތެރެއިން ދެޕާޓީގެ ސަޕޯޓަރުންގެ ތެރެއިން ދެ މީހެއްގެ ބޯ ފަޅާލާފައިވާ ކަމަށްވެއެވެ.
މި ހަމަނުޖެހުމާއި ގުޅޭ ގޮތުން ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ބަޔަކަށް އަނިޔާވި ކަމަށްވެސް ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ