ތ. ވޭމަންޑޫ ކައުންސިލްގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ޕީޕީއެމުން ކާމިޔާބު ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ސެޕްޓެންބަރު 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ، ތ. ވޭމަންޑޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ހަމައެކަނީ ކުރިމަތިލާފައިވަނީ ޕީޕީއެމުން ކަމަށެވެ.
އެ ޕާޓިގެ ފަރާތުނން ކުރިމަތިލީ ތ. ވޭމަންޑޫ، ކެނެރީވިލާ އާމިނަތު ނާއިލާއެވެ. ނާއިލާ އެކަނި ކުރިމަތިލާފައިވާތީ އޭނާވަނީ، ވޭމަންޑޫ ކައުންސިލް ގެ އަންހެން މެންބަރުކަމަށް، އިންތިޚާބުވެފައި ކަމަށް އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ އެ ބައި-އިލެކްޝަނަށް ދެ އެޕްލިކޭޝަން ލިބިފައިވީނަމަވެސް، ފޯމާއެކީ ހުށަހަޅަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ސުންގަޑި އަށް ހުށަނޭޅުމުގެ ސަބަބުން، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ހުށަހެޅުން އީސީ އިން ވަނީ ގަބޫލުކޮށްފައިނުވާ ކަމަށެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން