ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް އަބްދުﷲ (ގައްބަރޭ)، ހަމާލާ ދިނުމުގެ ކުރިން ރުޅިވެރިކަމާއެކު ޒަރީރާ ވާހަކަ ދެއްކި ކަމަށް އޭނާ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފިއެވެ.
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒަރީރަށް ހަމަލާދިން މައްސަލާގައި ގައްބަރޭ ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އެންގީ އަލުން އޭނާ ހައްޔަރު ކުރުމަށްފަހުއެވެ.
ކްރިމިނަލް ކޯޓު އަމުރުގައިވާ ގޮތުންނަމަ ގައްބަރޭ ހައްޔަރުކުރުމަށް އަމުރު ނެރުނީ ތިން ނުކުތާއެއްގެ މައްޗަށް ރިޔާއަތްކޮށެވެ. އެގޮތުން ހަބީބު ކެފޭއަށް ގައްބަރޭ ވަންނަ ކަމަށް ބެލެވޭ ކަމުގެ ސީސީޓީވީގެ ފުޓޭޖް އާއި އަދި އެ ސަރަހައްދުތަކަށް ތުހުމަތު ކުރެވޭ އިތުރު ފަރާތްތަކާއި އެކު ހަރަކާތްތެރިވާ ތަން ފެނުމާއި ހާދިސާ ހިނގުމުގެ ކުރިން ޒަރީރަށް ގުޅައި ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކުމުގެ އިތުރުން ހާދިސާ ހިނގި ތަނުން އޭނާ އައިޑެންޓިފައި ކުރެވިފައިވާތީއެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބް ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ގައްބަރޭ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
ގައްބަރޭ ހައްޔަރުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައި ވަނިކޮށް ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމީ ގައްބަރޭ ދޫކޮށްލި ދޫކޮށްލުން ގޯސް ކަމަށެވެ. ގައްބަރޭގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން އޭރު އެންގި އެވެ.
އޭނާ ބަންދުގައި ބަހައްޓާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެެއްޗެހި ގެންގުޅުން މަނާ ކުރާ ގާނޫނަށް އިއާޔަޔް ކުރުމަށް ފަހުއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ