އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީނަށް ނުލިބިއްޖެ ހިނދެއްގައި އެ ޓިކެޓު ލިބޭނެ ކަމަށް އުއްމީދު ކުރެއްވިން ކަމަށް ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަނީ ދާދިފަހުން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށްފަހު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގެންފައެވެ. އަދި މިހާރު މަސައްކަތް ކުރައްވަނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް އިންތިހާބު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައެވެ.
އެގޮތުން ރޭ ހދ. ކުޅުދުއްފުށީގައި އޮތް ޖޭޕީގެ ކެމްޕެއިން ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި އޮތީ ޕީޕީއެމް އިން އިތުރު ކެންޑިޑޭޓަކު ނެރުން ކަމަށެވެ. އަދި ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުމަކީ އެންމެ ފަހުގެ "ޗޮއިސް" ކަމަށް ވަހީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެމަނިކުފާނާއި ދެކޮޅަށް ނިމުމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރެއްވިން ކަމަށް ވަހީދު ވިދާޅުވިއެވެ.
އަދި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަކީ ޔާމީންގެ އެންގެވުމާއި ހިލާފަށް ކުރެއްވި ކަމެއް ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
ވަހީދު ޕާޓިން ވަކިވެވަޑައިގެންވިކަން އިއުލާންކުރެއްވީ ޓްވިޓާގައި ބަޔާނެއް އާއްމުކުރައްވައެވެ.
އެ ބަޔާނުގައި ވަހީދު ވިދާޅުވީ މީގެ 10 އަހަރު ކުރިން ޕީޕީއެމާ ގުޅިވަޑައިގަތީ، ގައުމީ ހަމަޖެހުން ގާއިމުކޮށް، އެމަނިކުފާނު ފެއްޓެވި ތަރައްގީގެ ފިޔަވަޅުތައް ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އަދި ރައްޔިތުން ކުރިއެރުވުމަށާއި، އިގްތިސާދާއި، ޑިމޮކްރަސީ ހަމައަކަށް އެޅުވުމަށްޓަކައި ކަމަށެވެ. އަދިވެސް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އޭގެތެރެއިން ގިނަ ޕްލޭންތަކެއް ކާމިޔާބުވެގެންދާތީ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ ހުނަރާއި ތަޖުރިބާއާއި އިލްމުގެ ބޭނުން، ހަމަޖެހުމާއި، އެއްބައިވަންތަކަމާއި، އިހްލާސްތެރިކަން ހުރި ތަނެއްގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކާމިޔާބީއަށް މަގުފަހިކޮށްދިނުން މުހިންމުކަމަށް އަޅުގަނޑު ދެކެން" ވަހީދު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
އެއްކަލަ ކާޅު މިފަހަރު މިވީ ބާޒަކަށްތާ، ދެންވާނި ވާލަކަށް ތޯއްޗެ
މޮހޮނުއުންމީދެއް ކުރުމަކީ ގޯހެއް ނޫން. އެކަމަކު ގޯސްވީ އުންމީދު ޙާޞިލު ނުވުމުން މޫނު އަނބުރާލުން.
ހާއުފާ