ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒަރީރަށް ހަމަލާދިން މައްސަލާގައި ގައްބަރޭ ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އެންގީ ރޭ އޭނާ ހައްޔަރު ކުރުމަށްފަހު އެވެ.
ކޯޓުގެ އަމުރުގައިވާ ގޮތުން ގައްބަރޭއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާތީ ތަހުގީގާއި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަންގާ ކަމަށެވެ.
ގައްބަރޭ ހައްޔަރުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައި ވަނިކޮށް ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމީ ގައްބަރޭ ދޫކޮށްލި ދޫކޮށްލުން ގޯސް ކަމަށެވެ. ގައްބަރޭގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން އޭރު އެންގި އެވެ.
އޭނާ ބަންދުގައި ބަހައްޓާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެެއްޗެހި ގެންގުޅުން މަނާ ކުރާ ގާނޫނަށް އިއާޔަޔް ކުރުމަށް ފަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ