އެސްޓީއޯ ސްޓާފް ޖިމް އެސްޓީއޯ ގްރޫޕްގައި ހިމެނޭ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.
އެސްޓީއޯ ސްޓާފް ކުއާޓާޒްގައި ހުންނަ އެ ޖިމް ހުޅުއްވައިދެއްވީ އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ އަބްދުﷲ ސައީދުއެވެ.
އެ ޖިމްއަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ޖިމްއެކެވެ. އަދި ޖާގައިގެ ގޮތުން ތަނަވަސް، ގިނަ ބަޔަކަށް އެއްފަހަރާ ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށް އ އެ ކުންފުނިން ބުންޏެވެ.
ޖިމް ހުޅުވުމުގެ ގޮތުން އެސްޓީއޯ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޖިމް ބޭނުން ކުރުމަށް އެސްޓީއޯ ގްރޫޕްގެ އެއްވެސް މުވައްޒަފެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.
ޖިމްގެ އެންޓްރެންސް ފީ ހިލޭ ކުރުމުގެ އިތުރުން، މުވައްޒަފުން ޖިމްގައި ކަސްރަތު ކުރާ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޓްނަސް އިންސްޓްރަކްޓާއެއްގެ ހިދުމަތްވެސް ކުންފުނީގެ ހަރަދުގައި ފޯރުކޮށްދޭނެއެވެ.
މުވައްޒަފުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިސްކަންދީގެން ޖިމްގައި ފިޓްނަސް އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން