ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަށާއި މުޅި މުޖުތަމައު ގުޅިގެން ކުރެވޭ މަސައްކަތަކަށް ހަދާ ކުށަށް ފާރަވެރިވުމަށްޓަކައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން އެކުލަވާލި "އަމާން މުޖުތަމައު" މެނިފެސްޓޯ މިރޭ ލޯންޗުކޮށްފިއެވެ.
"އަމާން މުޖުތަމައު" މެނިފެސްޓޯ ލޯންޗު ކޮށްފައި ވަނީ މިރޭ އއ. އުކުޅަހުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހާއެކު ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.
އެ މެނިފެސްޓޯގައި ބުނެފައި ވަނީ ކުށަށް ހުށަހެޅޭ ކޮންމެ ފަރާތަކީވެސް، އެ ފަރާތެއްގެ އިންސާނީ ކަރާމަތަށް އުނިކަމެއް ނާންނާނެ ގޮތަށް ކުށަށް ޒިންމާ ނެގޭނެ ފަރާތަކަށް ވާން ވާނެ ކަމަށެވެ. އެއާއެކު، ކުށުން އަނިޔާލިބޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދެވޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ކުށުގެ ޒިންމާ ނެގުމަށްފަހު އަނބުރާ އާންމު ހާލަތަށް ރުޖޫއަވުމަށްޓަކައި މުޖުތަމައުއަކީ އެމީހާ ބަލައިގަތުމަށް ތައްޔާރުވެފައިވާ މުޖުތަމައުއަކަށްހެދޭއިރު، އެ މީހާއަކީވެސް އެމީހަކަށް ހާއްސަ ޕްރޮގްރާމެއްގެ ދަށުން އާންމު ހާލަތަށް އައުމާއި، ގަދަރުވެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވެފައިވާ މީހަކަށްވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
"އަމާން މުޖުތަމައު" މެނިފެސްޓޯގައި ޖުމްލަ ތިން ބައެއް ހިމެނެއެވެ. އެއީ ކުށުގެ ވެށިން ދުރު ކުރުމާއި ކުށުގެ ވެއްޓަށް ފާރަވެރިވުމާއި ކުށަށް ޒިންމާ ނެގުމާއެކު ފަރުވާ ކުރުމެވެ.
މީގެތެރެއިން ކުށުގެ ވެއްޓަށް ފާރަވެރިވުމުގެ ތެރޭގައި ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުގައިި ގާއިމު ކުރުމަށް ހިމަނާފައިވެއެވެ. އަދި ވަށައިގެންވާ މާހައުލަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހަދާނެ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުންވެސް:
- އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސަރވައިލަންސް ނިޒާމު ގާއިމުކުރާނެ.
- ޑްރަގް ޓްރެފިކިންގއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސަރވެއިލަންސް އާލާތްތައް ތައާރަފްކުރާނެ.
- އާބާދީ ބޮޑެތި ރަށްރަށުގައި ޓްރެފިކް އެންފޯސްމަންޓުގައި ޓެކްނޮލޮޖީގެ ބޭނުންއިތުރަށް ހިފާނެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ