އައްޑޫ ސިޓީން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ފަހަރަށް ކައިވެނި ނުކޮށް ތިބިކަމުގައި ވިޔަސް ޒުވާނުނ ނަށް ގޯތިދޭން ކައުންސިލްއިން ނިންމާފައިވާ ކަމަށެވެ. އަދި މާދަމާ ގޯތި ލިބޭ މީހުންގެ ލިސްޓް އިއުލާން ކުރެވޭނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
އައްޑޫ އިން 1000 ގޯތީ ދޭން ހުޅުމާލީ މި އަހަރުގެ ކުރީކޮޅުއެވެ. ހިތަދޫއިން 500 ގޯތި ދޫކުރަން ނިންމާފައިވާއިރު ފޭދޫއިން 300 ގޯތި ދޫކުރާނެއެވެ. މީދޫ އަދި ހުޅުދޫ އިން ދޫކުރުމަށް ނިންމާފައި އޮތީ ކޮންމެ ރަށަކަށް 100 ގޯއްޗެވެ. އެއީ ޖުމްލަ 2000 އަކަފުޓޫގެ ގޯއްޗެވެ. މިއިން ކޮންމެ ރަށަކުން ވެސް 90 ޕަސެންޓު ގޯތި ދޫކުރާނީ އެރަށެއްގެ ރައްޔިތުންނަށެވެ. އަނެއް 10 ޕަސެންޓް ދޫކުރާނީ އެހެން ރަށްރަށުގެ މީހުންނަށެވެ.
އައްޑޫގައި ގޯތި ލިބޭ މީހުން ލިސްޓު އިއުލާންކުރަން ތައްޔާރުވެފައިވާއިރު، އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ވަނީ ފަށާފައެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ހިންގާ 34 މަޝްރޫއުގައި ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެވެ.
އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ފޭދޫ ފިޔަވާ އައްޑޫގެ އެހެން އަވަށްތައް އެކުލެވޭ ގޮތް ޖުމްލަ 194.3 ހެކްޓަރިގެ ބިން ހިއްކާނެއެވެ. އެ މަޝްރޫއު އަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ހޭދަވާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ