ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ ހަފްތާގެ ހޯމަ ދުވަހު ފަށާ ގޮތަށް ތަވާލުކޮށްފިއެވެ.
ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފަށާނީ ހެނދުނު ނުވައެއް ޖަހާއިރުއެވެ.
މިދިޔަ ދައުރުގެ ޖަލްސާތައް ނިންމާލާފައިވަނީ މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި އަދި މިނިވަން މުއައްސަސާތަކުގެ ތެރެއިން ބައެއް މުއައްސަސާތަކުގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ މައްސަލަތައް ނުނިމި އޮއްވައެވެ. ދައުރު ދަންމާލަން ވެރިކަންކުރާ އެމްޑީޕީން ހުށަހަޅާފައިވެސް ވަނިކޮށެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ނާއިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި އިތުރުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ހިމެނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ މަޖިލީހުގައި އޮތީ މަޑު ޖެހިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ