އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހާ ހަމަޔަށް ރީ ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދަށް ބެލުމަށް ފަހު މާލެ ސަރަހައްދާއި ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ 40 ފޮއްޓަށް އީސީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އިންތިހާބުގައި 574 ވޯޓު ފޮށި ބަހައްޓާއިރު އޭގެ ތެރެއިން 142 ފޮށި ބަހައްޓަނީ މާލެގައެވެ. ހުޅުމާލޭގައި 27 ވޯޓު ފޮށި، ވިލިމާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ. އަތޮޅު ތެރޭގައި ބަހައްޓަނީ 319 ވޯޓު ފޮއްޓެވެ. ރިސޯޓު ތަކުގައި 65 ވޯޓު ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ސިނާއި ސަރަހައްދު ތަކުގައި އެއް ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި އަށްވޯޓު ފޮށި ބަހައްޓާނެއެވެ.
ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓަނީ އިންޑިއާގެ ޓްރިވަންޑްރަމް، އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ، އިނގިރޭސިވިލާތުގެ ލަންޑަން އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރްގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައެވެ.
އީސީން ބުނީ އިންތިހާބު މޮނިޓާ ކުރުމަށްޓަކައި، ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި، 4545 އެޕްލިކޭޝަން އަދި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަގޮތުން ކުރިމަތިލެއްވި ބޭފުޅުންނާއެކު 3607 އެޕްލިކޭޝަން، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ގޮތުގައި ޖުމްލަ 8152 އެޕްލިކޭޝަން ރާއްޖޭން ލިބިފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ވޯޓުލާ މަރުކަޒު ގާއިމް ކުރެވޭއިރު، ކޮންމެ ވޯޓުލާ މަރުކަޒެއްގައި، ރާއްޖެއިން ގާތްގަނޑަކަށް 14 ބޭފުޅުން، އިންތިހާބު އޮބްޒާވްކޮށް މޮނިޓާ ކުރުމަކީ، އިންތިހާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް، އީސީ އަށް ލިބިގެންދާ ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ.
ވާދަވެރިކަމަށް ބެލެވޭ މި ފަހަރުގެ އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ގައެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 280،000 މީހުންނަށް ލިބެގެންވާއިރު އަށްކެނޑިޑޭޓަކު ވާދަކުރައްވައެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								