ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި އެ ސިޓީގެ މޭޔަރު އަހުމަދު އާތިފް އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ޔާސިރާ އާތިފް އަލުން އަނބުރާ އެމްޑީޕީއަށް ގުޅުނުކަން ރަސްމީކޮށް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އަނބުރާ އެމްޑީޕީއަށް ސޮއިކުރި ސަބަބެއްވެސް އެނގިފައެއް ނުވެއެވެ.
ޔާސިރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރި މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
އޭނާ އެމްޑީޕީން ވަކިވެވަޑައިގެންނެވީ ސަރުކާރުން ހިންގަމުންދާ ގޮތާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ފަހުއެވެ.
އެމްޑީޕިގެ މެޖޯރިޓީ އޮތް ކުޅުދުއްފުށީ ކައުންސިލްގެ ހުރިހާ މެމްބަރުން ދަ ޑިމޮކްރެޓްސް އަށް ސޮއިކުރި މޭމަހުގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ