ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ވެލެންސިއާއިން މިދިޔަ ސީޒަނުގައި ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދީގެން ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާއިން ކޮށްފައި އޮތް ސަސްޕެންޝަން އުވާލައިފިއެވެ.
ފީފާއިން ވެލެންސިއާއަށް ފިޔަވަޅު އަޅާފައި ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައާއި އިނިޔާތްތަކެއް ނުދީ އޮތުމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ސްޕެއިނުގެ ފޯވާޑް މާޓިން ބޯހާސްއަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާތަކެއް ވެލެންސިއާއިން ނުދިނުމުން އޭނާ އޮތީ މީގެ ކުރިން ވެސް ފީފާއަށް އެ މައްސަލަ ހުށައަޅައިފައެވެ.
އެނގިފައިވާ ގޮތުގައި ބޯހާސް ވެލެންސިއާއަށް ކުޅެން ގެނައީ މަހަކު 5000 ޑޮލަރުގެ މުސާރައަކަށެވެ. އަދި އިތުރު އިނާޔަތްތަކާއެކު ޖުމުލަ 62000 އެއްހާ ޑޮލަރު ވެލެންސިއާއިން އޭނާއަށް ނުދީ އެބައޮތެވެ. ބޯހާސްގެ އިތުރުން ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ފައިސާ ދޭންޖެހޭއިރު، ވެލެންސިއާ އަކީ މިފަހަރުގެ ސީޒަނާ ކުރިމަތިލި އިރު، އެންމެ ހާލަގައި އޮތް އެއް ޓީމެވެ.
އެހެން ނަމަވެސް މި ހަފުތާގެ ތެރޭގައި ވެލެންސިއާއިން ނުދީ ހުރި މުސާރައިގެ މައްސަލައިގައި ބައެއް ކުޅުންތެރިންނާ ވާހަކަ ދައްކައިގެން ހައްލުތަކެއް ވަނީ ހޯދައިފައެވެ. އަދި އެކަން ފީފާއަށް އެންގުމާއެކު ފީފާގައި އޮތް ސަސްޕެންޝަނަށް މި ވަނީ ލުޔެއް ހޯދައިފަ އެވެ. އެހެން ކަމުން ފީފާގެ ސަސްޕެންޝަނުން ސަލާމަތްވިކަން މި ހަފުތާގެ ތެރޭގައި ވެލެންސިއާ އަށް ވަނީ އަންގައިފަ އެވެ.
މުސާރަ ނުދީ އޮތް މައްސަލައިގައި އެ ޓީމަށް މި ސީޒަނުގައި ގެނައި ކުޅުންތެރިންތަކެއް ރެޖިސްޓްރީ ނުކުރެވުމުން އެކުޅުންތެރިންނަށް ލީގުގައި ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ. އެގޮތުން މާޒިޔާއިން ވެލެންސިއާއަށް ގެނައި އިބްރާހިމް ވަހީދު (އިއްބެ) އާއި ގްރީންސްޓްރީޓްސްއިން ގެނައި ރިލްވާން ވަހީދު (ރިލޭ) ވެލެންސިއާގެ ޕްރެކްޓިސްތަކުގައި ބައިވެރިވި ނަމަވެސް ރެޖިސްޓްރީ ނުކުރެވުމުން ކުޅެފައެއް ނުވެއެވެ. މިފަހުން ރިލޭ ވަނީ ވެލެންސިއާގައި ކުޅުމުގެ ފުރުސަތު ނުލިބޭތީ އީގަލްސްއަށް ބަދަލުވެފައެވެ.
ވެލެންސިއާއިން މި ސީޒަނާ ކުރިމަތިލީ އެ ކުލަބުގެ ޔޫތު ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެންނެވެ. އެގޮތުން 14 އަހަރުގެ ތިން ކުޅުންތެރިއަކަށް ފުރަތަމަ ޓީމުން ފުރުސަތު ދީފައިވާ އިރު، މިއީ ދިވެހި ފުޓުބޯޅައިގައި ވެސް ރެކޯޑެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ