ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެހީވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
މަޖިލީހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ނަޝީދު އެކަމަށް އެދިވަޑައިގެންނެވީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖެ ވަޑައިގެންއުޅުއްވާ އީޔޫ ވަފްދާ އެކު އެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު، ޔާމީން މިނިވަންކުރުމަށް އީޔޫގެ އެހީއަށް އެދިވަޑައިގެންފައިވާއިރު ރިޔާސީ ރޭހުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް، އިލްޔާސް ލަބީބަށް ތާއިދު ހޯދަން ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވަނީ މި ޔާމީނާ ދޭތެރޭ މި ސަރުކާރުން އަމަލުކުރައްވާ ގޮތާއި މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.
ޔާމީން، ވަގުތުން ދޫކޮށްލުމަށް ސަރުކާރަކަށް ނަޝީދު ގޮވައިލެއްވިއެވެ. އަދި ޔާމިން ގެއަށް ބަދަލުކުރުމަށް ހޕީޕީއެމްގެ މެމްބަރުންނާއެކު އިހްތިޖާޖަށް ވެސް ޑިމޮކްރެޓުން ނިކުނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވާފައިވާނެ ކަމަށާއި އެކަމާއި މެދު ވިސްނަވާނެ ރައީސް ވިދާޅުވި ކަމަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އާރަށުގެ މައްސަލާގައި އެންމެ ފަހުން ހައިކޯޓުގައި ބޭއްވި އަޑު އެހުމުގައި ޔާމީން ވަނީ ވަގުތު ގެއަށް ދޫކޮށްދެއްވުމަށާއި އިހުސާންތެރިވުމަށް އެދިވަޑައިގެންފައެވެ.
"ޖިސްމާނީ ގޮތުން އަޅުގަނޑުގެ ނުކުޅެދުންތެރިކަން އެބަހުރި. މި ހުރީ އެންމެ ޒުވާން އުމުރެއްގައެއް ނޫން. އަޅުގަނޑަށް ކުރަން ޖެހޭ ކަސްރަތުތައް މި ވަގުތު ކުރުން ވަނީ މަނާވެފައި. އަޅުގަނޑު ޖެހެނީ މޫދަށް ދާން، އެކަމަކު މާފުށި ހިއްކާތީ އެކަމަށް ހުއްދައެއް ނުލިބޭ،" ޔާމީން ވިދާޅުވިއެވެ.
ސިއްހީ މައްސަލަތަކެއް ހުރިނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ނުވެ ހުންނެވީ އާއިލާއަށްޓަކައި ކަމަށް ޔާމީން ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ