ގދ. ހޯނޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައި ގެއްލުން ދީފިއެވެ.
ސޯޝަލް މިޑިއާގައި އެމްޑީޕީގެ އާންމު މެމްބަރަކު ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ހަރުގޭގެ ހުރި ގޮނޑިތަކާއި މޭޒަށްވެސް ވަނީ ކަޅުތެޔޮ ޖަހާފައެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު އެ މައްސަލަ އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެކަމަކު މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ހޯނޑެއްދޫ ޖަގަހައަށް ގެއްލުން ދީފައިވާއިރު މީގެ ހަފްތާއެއް ކުރިން ގދ. މަޑަވެލީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނު ޖަލްސާ އަށް ތައްޔާރު ކޮށްފައި ހުރި އެމްޑީޕީ ހަރުގޭގައި ހުޅުޖަހާ ރޯކޮށްލާފައިވެއެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަން ކުރަނީ އެމްޑީޕިގެ ހަރުގެ ތަންތަނަށް ގެއްލުން ދެނީ އިންތިހާބުގެ ފޯކަސް ގެއްލުވާލަން ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ