މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އާއްމުކޮށްފިއެވެ.
މި ލިސްޓު ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ އާއްމު ކޮށްފައެވެ.
ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ގޯތި ލިބޭ މީހުންނަށް ގޯތި ލިބޭނެ ތަންތަން ކަނޑައެޅުމަށް ނަގާ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތިތައް ސަރުކާރުން ދޭނީ ރަޖިސްޓްރީ ވެސް ކުރުމަށް ފަހު ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރު ބަދަލުވި ނަމަވެސް، ގޯތި ލިބިފައިވާ މީހުންނަށް އެކަމުން އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ސަރުކާރުން މީގެކުރިން ވަނީ 9،001 ގޯތި މާލެ ސަރަހައްދުން ދޫކުރާނެ ކަމަށް ބުނެފައެވެ. އެ ގޯތިތައް ދޫކުރާނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި