ކައުންސިލް ހައުސިން އަކީ ދަތި ހާލުގައި އުޅޭ މީހުންނަށް ހާއްސަ ކުރާނެ ހައުސިން ސްކީމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ހެނދުނު ނ. ލަންދޫ އަށް ވަނީ ވަޑައިގެންގައެވެ.
އެރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ދައުރުގައި ކައުންސިލް ހައުސިން ތައާރަފު ކުރާނެ ކަމަށް ވިދާޅުފައެވެ.
ރައީސް ވިދާޅުވީ ރަށްރަށުގެ ޒުވާނުން މާލެ އަށް ކިޔަވަން ގޮސް ބޮޑެތި ކުލި ދީގެން އުޅޭ ކަމަށެވެ. ނަމަވެސް ދެން އަންނަ ދައުރެއްގައި އެފަދަ ކަންކަން ރަނގަޅު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލް ހައުސިން އަކީ ރޭ އެމްޑީޕީން ލޯންޗުކުރި އެޕާޓީގެ ޒުވާނުންގެ މެނިފެސްޓޯގައިވާ އެއް ކަންތަކެވެ.
އޭގައިވާ ގޮތުގައި އަގުހެޔޮ ފެންވަރު ރަނގަޅު ބޯހިޔާވަހިކަމަކުން ފުދުންތެރި ދިރިއުޅުމެއް ކަށަވަރުވާނެ މަގުފަހި ކުރުން. އެގޮތުން ސޯޝިއޮ-އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިން ތައާރަފު ކުރުމާއި ބޮޑެތި އެޑްވާންސްތަކާ ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސް ހެދުން ހިމެނެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ސަޅި
ސަމާސާ