ހަޔާ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށްމަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް، ރައްޔިތުންނާއި ގާތުން މިފަދަ ފުރުޞަތުތައްފަހިކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި ޤާއިމްކުރާ ޓިވެޓް ސެންޓަރުގެ ރ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓުގައި ސެޕްޓެމްބަރ 2023 ގައި ފަށާ ކޯސްތަކުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަނުން މިއަދު ބުނީ ފައިބަރގްލާސް ބޯޓް ބިލްޑިންގް ލެވެލް 3 ގެ ކޯހަކާއި އެކު ޖުމްލަ 10 ކޯހެއް މި ސެޕްޓެމްބަރ ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ސެޕްޓެމްބަރ އިންޓޭކްގައި ފަށާ ކޯސްތަކުގެ ތެރޭގައިފައިބަރގްލާސް ބޯޓްބިލްޑިންގާއި، އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ދާއިރާގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ސެޓްފިކެޓް ލެވެލް 3، އެޑްވާންސް ސެޓްފިކެޓްއަދި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނިފައިވެއެވެ.
މިއިންސްޓިޓިއުޓުގައި މިހާރު ފެށޭ ކޯސްތަކުގެ އިތުރުން މިއަހަރުތެރޭގައި، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިންގް، މެރިން މެކޭނިކްސް، އޮޓޯމޯޓިވް ރިޕެއަރ، ވެލްޑިންގް، އެއަރކޮންޑިޝަނިންގް އެންޑް ރެފްރިޖަރޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު ކޯސްތަށް ފެށިގެން ދާނެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް