ކުރީގެ ސަރުކާރުތަކުން ރަށްރަށަށް ކަމެއް ކޮށްދީފައިވަނީ ސިޔާސީ ބޭނުމެއް އޮވެގެން ކަމަށާއި ކުދި އާބާދީތަކާއި މެދު އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ރައީސް މިއަދު ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ މަގޫދޫ ގައި ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އާބާދީގެ ގޮތުން މީހުން މަދު މަގޫދޫ އަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް މަގޫދޫއަކީ މާ މުހިއްމު ރަށަކަށް ނުވި ކަމަށެވެ. އެފަދަ އާބާދީތައް މުހިއްމު ވަނީ ހަމައެކަނި ރިޔާސީ އިންތިހާބު ގާތްވީމަ ކަމަށް ވިދާޅުވިއެވެ.
"ސިޔާސީ މަގްސަދެއް ނެތި ސިޔާސީ ބޭނުމެއް ނެތި ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ އެއްވެސް ރަށަކަށް އެއްވެސް ކަމެއް ކޮށްދީފައެއް ނެތޭ" ހަމައެކަނި އާބާދީ ބޮޑެތި ތަންތަނަށް ޕީޕީއެމުން އަހައްމިޔަތުކަން ދޭ ދިނުމަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް އެކަމަކަށް މިސާލު ޖެއްސެވީ މަގޫދޫގެ މިސްކިތުންނެވެ. ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބުގައި އެ ރަށަށް ވަޑައިގެންނެވިއިރު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި އެއް ކަމަކީ ރަށުގައި މިސްކިތެއް އެޅުން ކަމަށާއި އެކަންވެސް އޮތީ ކުރީ ސަރުކާރުތަކަށް ނުވެ ކަމަށެވެ. އެހެންވެ މިސަރުކާރުގެ ފުރަތަމަ މަސައްކަތުގެ ތެރެއިން ކޮވިޑްގެ އެންމެ އުދަނގޫ ދުވަސްވަރު މިސްކިތް ނިންމައި މިހާރު އެ މިސްކިތް ހުޅުވާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އަސާސީ ހިދުމަތްތަކުގެ އިތުރަށް އިގްތިސާދީ ނަފާ ލިބޭޏެ ކަންކަން ރަށަރުގައި ފެށުން ކަމަށެވެ.
"ފެނާއި ނަރުދަމާ ކަރަންޓު ލަފާފުރުން ފަސޭހަވިމަ އިގްތިސާދީ އެތައް ފައިދާއެއް" މަގޫދޫ އަކީ ރަށު ފަތުރުވެރިކަމަށް އެންމެ ފައްކާވެފައި އޮތް ރަށެއްކަން ފާހަގަކުރައްވާ ވިދާޅުވިއެވެ.
ރަށުގެ ވިޔަފާރިވެރިން އެކަމަށް ތައްޔާރުވާން އިލްތިމާސްކުރައްވާ ރައީސް ވިދާޅުވީ ދެވަނަ ދައުރުގައި ވިޔަފާރީ ފެށޭ ގޮތަށް ލުއި ލޯނު ލިބޭ ފަންޑެއް ތައާރަފް ކުރައްވާނެ ކަމަށެވެ.
މަގޫދޫއަށް ރައީސް ވެވަޑައިގެންނެވި ބައެއް ވައުދުތައް
- ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުން
- ސްކޫލުގައި މަލްޓި ޕާޕޯސް އިމާރާތެއް އެޅުން
- ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުން
- ދަތުރުދާނެ ރަށެއް ހަމަޖެއްސުން