ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުވެ ނިމިއްޖެ ކަމަށް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ސޯލިހާ އެކު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ކެނދިކޮޅުދޫ ގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އެ އަތޮޅުގެ ތިން ރަށަށް ވަޑައިގެންނެވުމުން ރައީސް ސޯލިހަށް އޮތް ތާއިދު ފެނިވަޑައިގެންފައިވާ ކަމަށެވެ. ރަށްތަކުން ރައީސަށް ކިޔުއްވި ހޫނު މަރުހަބާއިން ވެސް ހާމަވީ އިންތިހާބު ރައީސަށް ކާމިޔާބުވާނެކަން ކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވިއެވެ.
".... ދެއްކި މަންޒަރުތަކުން އަޅުގަނޑުމެންނަށް ޔަގީންވަނީ މި އިންތިހާބު ކާމިޔާބުވެ އިރާދަކުރެއްވިއްޔާ ނިމިގެން ހިނގައްޖެ،" ސިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތް ކުރުމުގެ ހަމައެކަނި ގާބިލްކަން ހުންނެވީ ރައީސްގެ ކިބައިގައި ކަމަށާއި، އެމަނިކުފާނަކީ ހިކުމަތްތެރި ބޭފުޅެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކެނދިކޮޅުދޫއަށް އެކަނި ބަލައިލި ކަމުގައިވިޔަސް މި ސަރުކާރުން އެ ރަށުގައި އެތައް މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށާއި، އެއިންވެސް ދޭހަވަނީ މި ސަރުކާރުގެ ގާބިލުކަން ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ރައްޔިތުން މުއްސަނދި ކޮށްދެވޭނީވެސް އަޅުގަނޑުމެންނަށް. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން މިލިއަނަރުންވެސް ހެދޭނީ ހަމަ އަޅުގަނޑުމެންނަށް" ޖުމްހުރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމް މިލިއަނަރުން އުފެއްދުމާއި ގުޅޭ ވައުދަށް ބަހުގެ ހަމަލާތައް ފޮނުއްވަމުން ސިޔާމް ވިދާޅުވިއެވެ. އެކަން ރައީސް ސޯލިހަށް ކުރެއްވޭނެ ކަމަށް ހަރުއަޑުން ވިދާޅުވަނީ އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ތަޖުރިބާ ކޮށްފައި ހުރި ބޭފުޅަކު އެބަހުރިތޯ؟ ކާކުތޯ ހުރީ؟ އާދޭ އިބޫ" ރައީސަށް ސަނާ ކިޔަމުން ސިޔާމް ވިދާޅުވިއެވެ. ވިޔަފާރިވެރިޔާ ސިޔާމް ވިދާޅުވީ ވާދަވެރި އެހެން ކެނޑިޑޭޓުން ދައްކާނެ މާ ބޮޑު ވާހަކައެއް ނެތް ކަމަށާއި މީގެ ކުރިން އެމްޑީޕީގެ ވެރިކަން ކުރެއްވި ރައިސް މުހައްމަދު ނަޝީދު ވެރިކަމުން ފޭބީ ގައުމަށް ދަރުވާފައި ކަމަށް ވިދާޅުވިއެވެ.
ކާމިޔާބުވެއްޖެއްޔާ ތިޔަވަރަކުން މަރަށް ތެޅި ބޭލުމަކީ ކޮބާ؟
ހާއުފާއެހެންވީމާ ތަސްމިއްުާތެއް ބާއްވާފަ ދެވަނަ ދައުރަކަށް ވެރިކަމާ ޙަވާލު ވާންވީއެއް ނޫންތަ؟
ދުމަހުއަ