ޕީީީިޕީއެމް އާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓުންގެ ތަރުޖަމާނުން ހަމަޖައްސައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނަކަށް މުހައްމަދު ތޮލާލް ހަމަޖެއްސިއިރު ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބްގެ ތަރުޖަމާނަކަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.
ތޮލާލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެވެސް އިންތިހާބު އެޖެންޓެވެ. ޑިމޮކްރެޓްސްގެ ތަރުޖަމާނުގެ ހައިސިއްޔަތުން އިންތި ބާއްވަަ ފުރަތަމަ ޕްރެސްކޮންފަރެންސް އޮންނަަނީ މާދަމާ އެގާރަ ޖަހާއިރުއެވެ.
މި ދެ ޕާޓީންވެސް އިންތިހާބުގެ ކެމްޕޭނު ފޯރީގައި ވަނީ ފަށާފައެވެ. ޕީޕީއެމުން ކެމްޕޭނު ރަސްމީކޮށް ފެށީ އިއްޔެއެވެ. މުއިއްޒު ވަނީ އިއްޔެ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެމްޕޭނު ކުރައްވާފައެވެ. ރަށްތަކުގައި ކެމްޕޭނު ފަށާނެ ދުވަހެއް ޕީޕީއެމުން ހާމަކޮށްފައި ނުވިނަމަވެސް ޑިމޮކްރެޓުން ދަނީ ރަށްރަށުގައި ކެމްޕޭނު ކުރައްވަމުންނެވެ.
އެންމެ ވާދަވެރި ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އަދި ޕީޕީއެމުން ބުނަނީ އިންތިހާބު އެއްބުރުން ކާމިޔާބުވާނެ ކަމަށެވެ. މި ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ކެނޑިޑޭޭޓުން ވާދަކުރާ އިންތިހާބެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން