ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން އިދިކޮޅު ޕީޕީއެމުން ވަކިވެވަޑައިގެންފިއެވެ.
އެ ޕާޓީގެ އެޑްވައިޒަރުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ވަހީދު ޕާޓިން ވަކިވެވަޑައިގެންވިކަން އިއުލާންކުރެއްވީ ޓްވިޓާގައި ބަޔާނެއް އާއްމުކުރައްވައެވެ.
އެ ބަޔާނުގައި ވަހީދު ވިދާޅުވީ މީގެ 10 އަހަރު ކުރިން ޕީޕީއެމާ ގުޅިވަޑައިގަތީ، ގައުމީ ހަމަޖެހުން ގާއިމުކޮށް، އެމަނިކުފާނު ފެއްޓެވި ތަރައްގީގެ ފިޔަވަޅުތައް ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އަދި ރައްޔިތުން ކުރިއެރުވުމަށާއި، އިގްތިސާދާއި، ޑިމޮކްރަސީ ހަމައަކަށް އެޅުވުމަށްޓަކައި ކަމަށެވެ. އަދިވެސް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އޭގެތެރެއިން ގިނަ ޕްލޭންތަކެއް ކާމިޔާބުވެގެންދާތީ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ ހުނަރާއި ތަޖުރިބާއާއި އިލްމުގެ ބޭނުން، ހަމަޖެހުމާއި، އެއްބައިވަންތަކަމާއި، އިހްލާސްތެރިކަން ހުރި ތަނެއްގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކާމިޔާބީއަށް މަގުފަހިކޮށްދިނުން މުހިންމުކަމަށް އަޅުގަނޑު ދެކެން" ވަހީދު ވިދާޅުވިއެވެ.
ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފައިވާއިރު އެ ޕާޓީގެ ރިޔާސީ ޓިކެޓާއި މެދު އެމަނިކުފާނު ޝައުގުވެރިކަން ހުންނެވިކަން މީގެ ކުރިން ފާޅުކުރައްވާފައިވެއެވެ. އެކަމަކު ވަކިވެވަވަޑައިގެންނެވީ ޕާޓީގެ ޓިކެޓް ލިބިވަޑައިނުގަތުމުން ކަމަށް ވިދާޅެއް ނުވެއެވެ. އަދި އިތުރު ސިޔާސީ ޕާޓީއަކާއި ގުޅޭނެ ކަމެއްވެސް ހާމައެއް ނުކުރައްވައެވެ. ވަހީދު ޖޭޕީއަށް ސޮއިކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް އެރި ނަމަވެސް އެމަނިކުފާނު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
އެހެން ޕާޓީއަކާއި ގުޅިވަޑައިގެންފާނެތޯ "ހަތާވީސް" އިން ސުވާލުކުރުމުން މެސެޖަށް ޖަވާބެއް ނުދެއްވައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މައިދާނުން "ގެއްލި" ވަޑައިގަތް ވަހީދު އަލުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން ފެއްޓެވީ 2020 ވަނަ އަހަރު ޕީޕީއެމަށް ކުރެއްވި ސޮޔާއެކުއެވެ.
ތިކަހަލަ ކިތަންމެ މީހަކު އަދި ކުރިއަށް އޮތްތާގާ ފެންނާނެ، ރިޔާސީޓިކެޓު ނުލިބުނީމާ ރަނިންމޭޓަކަށް ނުހޮވީމާ އެތެރެކޮއިލަށް ނުވަދުވުނީމާ މިހެން ކިއާނެ ކަމެއްނެތް ވަރަށް ކުލަވަރެއް ފެންނާނެ، ރޔާމީން ވިދާޅުވި ބާޒުތައް ފިޔަފަޅައިގެން އުދުހޭ މަންޒަރު genqnanq ފެށީ ތި.
ވަކިވީހިތުގާބޮނޑިވަރު ބައްކޮށްގެން ފިތުނަ އުފައްދަން އުޅުމަށްވުރެ ރަނގަޅު ވަަނެ.
ރަނގަޅުތިޔަކަންވެސްކުރަންނޭންގުނީހޫރޭޖަމީލަށް
އިއްބެ