ގއ. މާމެންދޫ މަގުތަކުގައި ތާރުއަޅަން މަގު ހަދާ ކުންފުނި، އާރްޑީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އޮފް ގއ މާމެންދޫ މޭޖާ ރޯޑްސް ހަވާލުކޮށްފައިވަނީ 730 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
މަޝްރޫއުގެ ކޮންޓްރެކްޓުގެ އަގަކީ ސަތޭހަ ތިރީސް އަށްމިލިއަން ހަ ލައްކަ ހަތްދިހަ ފަސްހާސް ފަސްސަތޭކަ ނުވަދިހަ އަށް ރުފިޔާ ފަންސާސް ލާރިއެވެ.
މަޝްރޫއުގައި ހިމެނެނީ 5.47 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމްކުރުން އަދި މަގުތަކުގައި މަގުބައްތިޖެހުމެވެ.
އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރީ މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ ޒީނިޔާ އަހުމަދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިހާދުއެވެ.