ސްޓެލްކޯ އިން 500،000 ގަސް އިންދުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފުއްދެއްވުމުގެ ގޮތުން 500،000 ގަސް އިންދުމަށް އެކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި ސްޓެލްކޯގެ ހިދުމަތް ދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމުތައް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ފަސް އަހަރު ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް 36,000 ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް މީގެކުރިން ބުނެފައިވެއެވެ.
ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ 2023 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.
އިންތިހާބާ ގުޅުވާ ރިޝްވަތުގެ އަމަލު ހިންގާނަމަ ރިޕޯޓުކުރަން އެދިއްޖެ
އަންހެން ވޮލީ ޓީމުގެ ކޯޗަށް ޖިންސީ ގޯނާގެ ތުހުމަތު
ކައުންސިލްތަކާއި ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަ ކުށްވެރިކޮށްފި
ޝަމާހުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީން ބަލަން ފަށައިފި
ޑުރަގު އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި