ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ހަރަކާތުގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ޖީ ބާލަސުބްރަމާނިއަމްގެ އިތުރުން އެ ކޮމިޝަނުގެ ބައެއް އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ. މީގެއިތުރުން ހެލްތު މިނިސްޓަރު ނާޒިމާއި އެ މިނިސްޓްރީގެ އިސް ވެރިން ވެސް މި ހަރަކާތުގައި ބައިވެރިވިއެވެ.
އެ ހަރަކާތުގައި ވާހަކަދައްކަވަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ ލޭ ހަދިޔާ ކުރުމަކީ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭ މަތިވެރި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މުހިންމުކަން ފާހަގަކޮށްދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއީ މިއަހަރުގެ ތެރޭގައި އިންޑިއާ ހައި ކޮމިޝަނުން ލޭ ހަދިޔާ ކުރުމަށް ކުރިއަށް ގެންދާ ދެވަނަ ހަރަކާތެކެވެ.
"މިއީ މިއަހަރު އިންޑިއަން ހައި ކޮމިޝަނުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއްގައި ބައިވެރިވި ދެވަނަ ފަހަރު، މިކަމުން ދިވެހި އަޚުންނަށް ބޭނުންޖެހޭ ވަގުތުތަކުގައި އެހީތެރިވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ހާމަވެގެންދޭ،" ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ޖީ ބާލަސުބްރަމާނިއަމް ވިދާޅުވިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން 14 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި